ލަންކށާގެ ނޫސްތައް ބުނާގޮތުން 28 އަހަރުގެ ޒޫވާން އަންހެން ކުއްޖާ ރޭޕްކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ 51 އަހަރުގެ މީހެކެވެ. މި މިހާ ހައްޔަރުކުރީ މިމަހުގެ 4 ވަނަ ދުވަހު ކަމަށާއި މި މީހަކީ ރާއްޖޭގައި ވަޑާންކުރާ ވަޑިއެއް ކަމަށް ލަންކާ ނޫސްތަކުން ބުނެއެވެ.
ތެރަޕިސްޓެއްގެ ގޮތުގައި މަސައްކަތްކުރާ މި އަންހެން ކުއްޖާ މި މީހާ ރޭފްކުރީ ބައްޓަރަމުއްލާގެ ޕެލަވައްޓާ ސަރަހައްދުގައި ހުރި ގެސްޓްހައުސްގެ ވިލާއަކަށް މަސާޖް ކުރަންކަމަށް ބުނެ ގެންދިއުމަށް ފަހު ކަމަށް ވެސް ލަންކާ ނޫސްތަކުން ބުނެއެވެ.
ލަންކާ ނޫސްތަކުން ބުނީ މި މައްސަލަ ތަހުގީގުކުރަމުން އަންނަކަމަށެވެ. އެހެންނަމަވެސް އިތުރު ތަފްސީލެއް ނުދެއެވެ. އަދި މިކަމާއި ގުޅިގެން އަދި ދިވެހި ފުލުހުންވެސް އެއްޗެއް ހާމައެއް ނުކުރެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;