ads
ހެލްތު މިނިސްޓަރު ޑރ. ގީލާ އަލީ
މި 3 އަހަރު އާސަންދައިން ރާއްޖޭން ބޭރަށް ފޮނުވާ މީހުން މަދު ކުރެވިއްޖެ
މިދިޔަ ތިން އަހަރުގެ ތެރޭގައި، އާސަންދައިގެ ދަށުން ފަރުވާ ހޯދުމަށް ރާއްޖޭން ބޭރަށް ފޮނުވާ މީހުންގެ އަދަދު މަދުކުރެވިއްޖެކަމަަށް ހެލްތު މިނިސްޓަރު ޑރ. ގީލާ އަލީ މިއަދު ވިދާޅުވެއްޖެއެވެ.
Advertisement

ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ގީލާ ވިދާޅުވީ މިދިޔަ ތިން އަހަރުގެ ތެރޭގައި، އާސަންދައިގެ ދަށުން ފަރުވާ ހޯދުމަށް ރާއްޖޭން ބޭރަށް ފޮނުވާ މީހުންގެ އަދަދު ކުރެވުމަކީ ލީބުނު ކާމިޔާބީއެއްކަމަށެވެ. އެގޮތުން މިނިސްޓަރު ވަނީ މިދިޔަ ތިން އަހަރުގެ ތެރޭގައި އާސަންދައަށް ހޭދަކުރި ގޮތުގެ ބައެއް ތަފާސް ހިސާބުތައް ދެއްވާފައެވެ. އެގޮތުން 2023 ވަނަ އަހަރާ އަޅާބަލާއިރު މިދިޔަ އަހަރުގެ ނިޔަލަށް 338 މީހުން މަދުކުރެވިފައިވާކަމަށް މިނިސްޓަރު ގީލާ ވިދާޅުވިއެވެ.  

އެހެންނަމަވެސް އެހާ ބޮޑު ތަފާތެއް އަދި ނުފެންނަނީ ކެންސަރުގެ ފަރުވާއަށް ރާއްޖެއުން  ބޭރަށް ފޮނުވަން ޖެހުނު މީހުންގެ އަދަދު ގިނަވުމުންކަމަށެވެ. ކެންސަރަށް ފަރުވާ ހޯދަން ފޮނުވާ މީހުންގެ އަދަދު މަދުކުރެވުމުން 2023 ވަނަ އަހަރާ ބަލާއިރު މިދިޔަ އަހަރުގެ ނިޔަލަށް 821 މީހުންނަށް މަދުކުރެވިފައިވާކަމަށް މިނިސްޓަރު ގީލާ ވިދާޅުވިއެވެ. އަދި އާސަންދައިން ބޭރަށް ފޮނުވާ މީހުން މަދުވީ ސަރުކާރުގެ ސިޔާސަތުތައް ރަނގަޅުވުމުންކަމަށް ގިލާ ވިދާޅުވިއެވެ. 

" މީ ސިއްހީ ހިދުމަތް ފުޅާކުރުމާއި ރާއްޖޭގައި ހުރެގެން ބޭސްފަރުވާ ކުރެވޭނެ ލުއި ގޮތް ފަހި ކުރުމަށް ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ނަތީޖާ،" ގީލާ ވިދާޅުވިއެވެ.

އާސަންދައިން ރާއްޖެއިން ބޭރަށް އެންމެ ބޮޑު ހޭދައެއްކުރީ ކެންސަރު ބަލީގެ މީހުންނަށްކަން ފާހަގަކުރައްވަމުން ގީލާ ވިދާޅުވީ ކެންސަރު ބަލީގެ ފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވާ ބަލި މީހުންގެ ތެރޭގައި ތަކުރާރުކޮށް ފޮނުވާ ބަލިމީހުންވެސް ހިމެނޭ ކަމަށެވެ. އަދި އޭގެ ތެރޭގައި ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހި ރައްޔިތުންވެސް ހިމެނޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. 


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;