ads
ފެނަަކަ ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ހުސައިން ޒުހުރީ
ފެނަކައިން އިސްތިއުފާދެއްވި ޒުހުރީ ޕެންޝަން އޮފީހުގެ ބޯޑަށް
ޕެންޝަން އޮފީހުގެ ބޯޑަށް ހުސައިން ޒުހުރީ ހަމަޖައްސައިފިއެވެ.
Advertisement

ޒުހުރި ކުރިން ހުންނެވި ފެނަަކަ ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައެވެ. އެހެންނަމަވެސް މިދިޔަ އަހަރު ޖެނުއަރީ މަހުގެ 12 ވަނަ ދުވަހު އެނާ ވަނީ އެ މަގާމުން ކުއްލި ގޮތަކަށް އިސްތިއުފާދެއްވާފައެވެ. އެހެންނަމަވެސް އޭނާ އިސްތިއުފާދެއްވި ސަބަބެއް ހާމައެއް ނުކުރެއެވެ. 

ޕެންޝަން އޮފީހުގެ ބޯޑަށް ޒުހުރީ އައްޔަންކުރުމުން ޕެންޝަން އޮފީހުން ވަނީ އޭނާއަށް މަރުހަބާ ކިޔާފައެވެ.

ޕެންޝަން ބޯޑަށް ޒުހުރީ އައްޔަންކޮށްފައި މިވަނީ ޕެންޝަން އޮފީހުގެ ބޯޑަށް އައު މެންބަރުން އައްޔަންކުރާއިރު، އެ ބޯޑުގެ ޗެއާޕާސަން ހިމެނޭހެން ފަސް މެންބަރުންގެ ބޯޑަކުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާދޭން ޖެހޭ ގޮތަށް، އެ އިދާރާއިން އުސޫލެއް އެކުލަވާލާ އަމަލުކުރަން ފަށާފައިވަނިކޮށެވެ. 

ފާހަގަކުރެވޭ ގޮތުގައި، ޕެންޝަން ބޯޑުގައި ގިނަ އިސް ބޭފުޅުން އިސްތިއުފާދެއްވީ ރައްޔިތުންގެ ރިޓަޔާމަންޓަށް ފައިސާ ރައްކާތެރިކޮށް, އިންވެސްޓް ކުރާ, ޕެންޝަން އޮފީސް މެދުވެރިކޮށް ސަރުކާރުން ނަގަން މަސައްކަތް ކުރާ, 2.4 ބިލިއަން ރުފިޔާގެ ބޮންޑުގެ މައްސަލައިގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;