ފަރާޖު އިސްތިއުފާދެއްވަން މަޖުބޫރުވީ ލޯންޑްރިންގެ ކުށުގައި އެމެރިކާގައި ޖަލަށްލީ ޖޯޖް ކޮޓްރެލް ނަމަކަށް ކިޔާ މީހަކު، ފަރާޖްގެ ސޯޝަލް މީޑިއާ ޓީމަށް ބޮޑެތި ހަރަދުތަކެއްކޮށް ބަކިންގްހަމް ޕެލަސް ކައިރިން އަގުބޮޑު ގެއެއް ބޭނުންކުރަން ދިން މައުލޫމާތު "ދަ ސަންޑޭ ޓައިމްސް" އިން ހާމަކުރުމުންނެވެ.
މީގެ އިތުރުން ފަރާޖް އަށް ކްރިޕްޓޯކަރަންސީ ބިލިއަނަރެއްގެ އަތުން ލިބުނު ފަސް މިލިއަން ޕައުންޑްގެ މައްސަލައެއް ވެސް ޕާލިމެންޓުގެ އަހުލާގީ ކޮމިޝަނުން ދަނީ ބަލަމުންނެވެ.
އަދި 60 މިލިއަން ޑޮލަރުގެ އަގުބޮޑު ޕްރައިވެޓް ޖެޓެއްގައި މިފަހުން ރާއްޖެއަށް ކުރެއްވި ދަތުރުގެ ހަރަދުގެ މައްސަލެއްގައި ވެސް ފަރާޖު އަށް ފާޑުކިޔުން އަންނަނީ އަމާޒު ވަމުންނެވެ. ރާއްޖެ މަގުން ކަނޑުބޯޓެއްގައި ޗާގޯސް ޖަޒީރާއަށް ދިއުމަށް ފަރާޖް ކުރެއްވި މި ދަތުރަކީ އަމިއްލަ ސިޔާސީ މަންފާއަށް ރާއްޖޭގައި ޖެއްސި "ސިޔާސީ ސްޓަންޓެއް" ގެ ގޮތުގައި އިނގިރޭސި ސިޔާސީ މަސްރަހުގައި ވަނީ ސިފަކޮށްފަ އެވެ.
ރާއްޖެއަށް ކުރެއްވި ދަތުރުފުޅަށްފަހު ފަރާޖް ވަނީ ތާރީހީ ގޮތުން ބަލާއިރު، ޗާގޯސްގެ ޖަޒީރާގެ ރަށްތަކުގެ މައްޗަށް ރާއްޖެ އަށް އޮތް "ހައްގު" މާބޮޑު ކަމަށް ވިދާޅުވެފަ އެވެ.
ފަރާޖްގެ މި އިސްތިއުފާއާ ގުޅިގެން އިނގިރޭސިވިލާތުގެ ސިޔާސީ މަސްރަހުން އޭނާއަށް ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފަ އެވެ. އެކި ޕާޓީތަކުގެ ލީޑަރުން ތުހުމަތުކުރާ ގޮތުގައި މިއީ އޭނާގެ މާލީ ހިޔާނާތްތަކުގެ ނަތީޖާއިން ސަލާމަތްވުމަށާއި، އަމިއްލަ ސިޔާސީ މަންފާއަށްޓަކައި ޓެކްސް ދައްކާ ރައްޔިތުންގެ ފައިސާ ބޮޑު ހޭދައެއް ހިނގާނެ ބައި-އިލެކްޝަނަކަށް އިސްރާފުކޮށްލުމަށް ހިންގި ހީލަތްތެރި އަމަލެކެވެ.
ނަމަވެސް ފަރާޖް ވިދާޅުވީ އޭނާ އެއްވެސް ގާނޫނަކާ ހިލާފުވެފައި ނުވާނެ ކަމަށާއި، މި ބައި-އިލެކްޝަނަކީ ނުފޫޒުގަދަ ސިޔާސީ ނިޒާމާ ދެކޮޅަށް ރައްޔިތުން ތެދުވާނެ ފުރުސަތެއް ކަމަށެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;