ads
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ މެންބަރު ކަމަށް އައްޔަނު ކުރި ޒައިނާ އަބްދުﷲ - ފޮޓޯ/ ޕީބީސީ
ޕީސީބީއަށް އައްޔަން ކުރި ޒައިނާއަށް ރުހުން ދީފި
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ މެންބަރުކަމަށް އައްޔަންކުރި ގއ. ދާންދޫ، ޒައިނާ އަބްދުﷲ، ރައްޔިތުން މަޖިލީހުން ރުހުންދީފިއެވެ.
Advertisement

ޕީސީބީގެ މެމްބަރުކަމަށް ޒައިނާ އައްޔަންކޮށްފައިވަނީ މިދިޔަ ޖޫންމަހުގެ 24 ވަނަ ދުވަހުއެވެ. 

ޒައިނާގެ ނަން ދިރާސާކުރި މަޖިލީހުގެ ސްޓޭޓް އޯންޑް އެޓަޕްރައިސަސް (އެސްއޯއީ) ކޮމިޓީން އޭނާ އެ މަގާމަށް އައްޔަން ކުރަން ރުހުން ދޭން ފެންނަ ކަމަށް ނިންމާ 80 އިންސައްތަ މާކްސްވަނީ ދީފައެވެ. 

މިއަދުގެ މަޖިލީހުގައި ޒައިނާއަށް ރުހުން ލިބުނީ 47 މެންބަރުންގެ ވޯޓާ އެކުއެވެ. ރުހުންދޭން ނުފެންނަކަމަށްް ވޯޓް ދިނީ އިދިކޮޅު އެމްޑީޕީގެ 10 މެންބަރުންނެވެ. އެމްޑީޕީން ބުނީ ޒައިނާއަށް ރުހުން ނުދުނީ ސީބީން ހަރަދު ކުޑަކުރުމަށް ނެރުނު ސާކިއުލާއަކާ ހަވާލާދީ، އެމްޑީޕީއަށް ނިސްބަތްވާ މެންބަރުން ސަރުކާރުގެ ކުންފުނިތަކުން ވަކިކުރަމުންދާތީކަމަށެވެ. 

ޒައިނާ ވަނީ މެލޭޝިއާގެ އިންޓަރނޭޝަނަލް ސެންޓަރ ފޯ އެޑިއުކޭޝަން އިން އިސްލާމިކް ފައިނޭންސްއިން މާސްޓަރ އޮފް އިސްލާމިކް ފައިނޭންސް ޕްރެކްޓިސް ފުރިހަމަކުރައްވާފަ އެވެ. އަދި އިންޑިއާގެ ޔުނިވާސިޓީ އޮފް ޕޫނޭ އިން ބެޗްލާ އޮފް ކޮމާސް ހާސިލުކުރައްވާފައި ވެއެވެ.

ޒައިނާ އަކީ ބޭންކިން އަދި ފައިނޭންސްގެ ދާއިރާގައި، ހާއްސަކޮށް ކޯޕަރޭޓް ފައިނޭންސް، އިސްލާމިކް ބޭންކިންގ އަދި ދައުލަތުގެ ކުންފުނިތަކުގެ ގަވަރނަންސްގެ ދާއިރާގައި 10 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހުންނެވި ބޭފުޅެކެވެ. މިހާރު އަދާކުރައްވަމުން ގެންދަވަނީ މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ހެޑް އޮފް ކޯޕަރޭޓް ޕްރޮސެސިން އެވެ.

އެމް.އައި.ބީ އާ ގުޅިވަޑައިގަތުމުގެ ކުރިން ޒައިނާ ވަނީ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ ސީނިއާ އޮފިސަރެއްގެ މަގާމުވެސް ވަނީ ފުރުއްވާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;