ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރަކީ، ދިވެހިރާއްޖޭގެ ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ބާރުގެ އިދާރީ އެންމެ އިސްވެރިޔާއެވެ. ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް މީހަކު ހޯދަން އިއުލާން ކުރީ އެ މަގާމުގައި ހުންނެވި އަމްޖަދު މުސްތަފާ އއިސްތިއުފާ ދެއްވުމުން، އެ މަގާމު ހުސްކޮށް އޮތުމަށް ފަހުއެވެ.
ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ކޯޓުތަކަށް އިދާރީ މުވައްޒަފުން ޢައްޔަންކުރުމާއި، މަޤާމުގެ ކުރިއެރުންދިނުމާއި، އިދާރީ ފިޔަވަޅު އެޅުމާއި، ވަކިކުރުން ހިމެނެއެވެ.
ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމަކީ ފަސް އަހަރުގެ ދައުރެއް ކަނޑައަޅާފައިވާ މަގާމެކެވެ. އެ މަގާމުގެ އަސާސީ މުސާރައަކީ 30,000 ރުފިޔާ އެވެ. އޭގެ އިތުރުން އެގްޒެކެޓިވް އެލަވަންސްގެ ގޮތުގައި -/27,235 ރުފިޔާ އަދި ފޯން އެލަވަންސަށް 2000 ރުފިޔާ ލިބޭނެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;