ads
ޖީ7 ގެ ސަމިޓްގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު -- ފޮޓޯ: އޭއެފްޕީ
އެއްބަސްވުން އުވި، އީރާނަށް އަލުން ހަމަލާތައް ދޭން ފަށައިފިން: އެމެރިކާ
ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރި ތިން އުޅަނދަކަށް އީރާނުން ހަމަލާ ދިން ކަމަށް ބުނެ އެމެރިކާއިން އަނެއްކާ ވެސް އީރާނަށް އަމާޒުކޮށް ހަމަލާތަކެއް ދީފި އެވެ.
Advertisement

ހަމަލާތަކަށްފަހު ނޫސްވެރިންގެ ބައްދަލުކުރައްވާ ޓްރަމްޕް ވަނީ އީރާނުގެ ވެރިންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. ޓްރަމްޕް ބުނީ އީރާނުގެ ވެރިންނަކީ ނުބައި، ދޮގުވެރި ބައެއް ކަމަށާއި، އެމީހުންނާ އެކު ދެން ވާހަކަދެއްކުމަކީ ވަގުތު ބޭކާރުކުރުމެއް ކަމަށެވެ.

އަދި ބުނީ އެމެރިކާ އީރާނާއެކު ސޮއިކުރި އެއްބަސްވުން ނިމުމަކަށް އައިސްފި ކަމަށާއި ސުލްހަވެރި ގޮތުގައި އީރާނާ މުއާމަލާތް ކުރުމަކީ ބޭކާރު ކަމެއް ކަމުގައެވެ. 

ދެން ސުލްހަވެރި ގޮތުގައި އީރާނާ މުއާމަލާތް ނުކުރާނެ ކަމަށާއި އެމެރިކާ ދެން ކަންކުރާނީ އެމެރިކާއަށް ފެންނަ ގޮތަކަށް ކަމަށް ވެސް ޓްރަމްޕް ބުންޏެވެ.

އީރާންއާއި އެމެރިކާއާ ދެމެދު އިބްތިދާޢީ އެއްބަސްވުމުގައި ސޮއިކުރި ފަހުން ދެ ފަރާތުގެ ދެމެދުގައި ކޮންމެވެސް މިންވަރަކަށް ދަނީ ހަމަލާ ބަދަލުކުރަމުންނެވެ. އެމެރިކާގެ އެންމެ ފަހުގެ ހަމަލާތަކުުގެ ރައްދުގައި އީރާނުން މިހާތަނަށް ހަމަލާއެއް ދީފައެއް ނުުވެ އެވެ. ހަމަލާ ދިންއިރު އިރާގުގައި ހުންނެވި އީރާންގެ ރައީސް މަސްއޫދު ޕީޒިޝްކިއަން މިހާރު ވަނީ އެނބުރި އީރާނަށް ވަޑައިގެންފަ އެވެ.

އިރާނުގެ އަސްކަރިއްޔާ އިން ވަނީ އެމެރިކާއިން ދިން ހަމަލާތަކަށް ވަރުގަދަ ރައްދެއް ދޭނެ ކަމަށް ބުނެފަ އެވެ. އަދި ހޮރުމޫޒް ކަނޑުއޮޅި ބެލެހެއްޓުމުގެ ކަންކަމުގެ ތެރެއަށް ބޭރުގެ ނުފޫޒަކަށް ވަނުމުގެ ފުރުސަތު ނުދޭނެ ކަމަށްވެސް ވަނީ ބުނެފަ އެވެ.

މި ހާދިސާތައް ހިނގާފައި މިވަނީ، މިދިޔަ ހަފުތާގައި ގަތަރުގެ ވެރިރަށް ދޯހާގައި އެމެރިކާ އާއި އީރާނާ ދެމެދު ނުސީދާ ގޮތެއްގައި ބޭއްވި މަޝްވަރާތައް، ހޮރްމޫޒް ކަނޑުއޮޅީގެ މުސްތަގުބަލާ މެދު އެދެވޭ ކުރިއެރުމެއް ނުލިބި ނިމުނު ފަހުންނެވެ.

މި ހަމަނުޖެހުންތަކާ ގުޅިގެން ބައިނަލްއަގުވާމީ ބާޒާރުގައި ވަނީ ސާފުނުކުރާ ތެލުގެ އަގު 5 ޕަސެންޓަށް ވުރެ މައްޗަށް އުފުލި، ފީފާއެއްގެ އަގު 79 އެމެރިކާ ޑޮލަރަށް އަރައިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;