ads
ފިޝަރީޒް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ޔަސީން
ޑެޕިއިޓީ މިނިސްޓަރު ވަކިކުރީ ފްލެޓްގެ ދޭނެކަމަށް ބުނެ ލާރި ނާގައިފައިވާތީ : ތަރުޖަމާނު
ފިޝަރީޒްގެ ޑެޕިއުޓީ މިނިސްޓަރު މަގާމު ހުރި މުހައްމަދު ޔަސީން މަގާމުން ވަކިކުރީ ގޯއްޗާއި ފްލެޓް ދޭނެކަމަށްް ބުނެ މަކަރާއި ހީލަތުން އެތައް ބައެއްގެ އަތުން ފައިސާ ނަގާފައިވާތީކަމަށް ސަރުކ|ާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް ވިދާޅުވެއްޖެއެވެ.
Advertisement

ބައެއް މީޑިއާ ރިޕޯޓްތައް ބުނާގޮތުން މުހައްމަދު ޔަސީން ވަނީ ގޯއްޗާއި ފްލެޓް ދޭނެ ކަމަށް ބުނެ އެކި މީހުންގެ އަތުން 8 މިލިއަނަށްވުރެ ގިނަ ފައިސާ ނަގާފައެވެ. އަދި އެ މީހުންނަށް އެކަން ކޮށްދޭން އޭނާ ވައުދުވެފައިވަނީ ސަރުކާރުގެ ތެރެއިން ކަންކަން ކޮށްދީގެންނެވެ. 

މިކަމާއި ގުޅިގެން ސީއެންއެމްއާއި ވާހަކަ ދައްކަވަމުން ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް ވިދާޅުވީ ޔާސީން އޮޅުވާލައިގެން ފައިސާ ނެގިކަމަށް ގިނަ ބަޔަކު މައްސަލަ ހުށައަޅާފައިވާކަމަށެވެ. އަދި އޭނާ ވަޒީފާއިން ވަކިކުރީ ފުރަތަމަ ސަސްޕެންޑްްކުރުމަށްފަހު މައްސަލަ ބަލާ ހެކިހުރުމުންކަމަށް މުންދު ވިދާޅުވިއެވެ. 

" އޭނާގެ މައްޗަށް ހަމަ އެކަހަލަ ސޯޝިއަލް ސްކާ ބައެއް ފަރާތްތަކުން ތުހުމަތުކޮށް ހުށައަޅާފައިވާތީ ފުރަތަމަ ސަސްޕެންޑްކޮށްފައި އެކަމުގެ ތެދު ދޮގު ބަލާ އޮޅުން ފިލުވަން ކޮންމެވެސް ވަރެއްގެ ތަހުގީގެއް ކޮށްފައި އޭގައި ހަގީގަތްތަކެެއް ހުރިކަމަށް ބެލެވެތީ ވަޒީފާއިން ވަކިކުރީ." ތަރުޖަމާނު ވިދާޅުވިއެވެ.

ޔާސީން ވަޒީފާއިން ވކިކުރުމުގެ އިތުރުން އިތުރު ފިޔަވަޅެއް އެޅިކަމެއް ސަރުކާރުންވެސް އަދި ފުލުހުންވެސް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ. އަދި އޭނާ މީހުން އަތުން ނެގި ފައިސާ އަނބުރާ ދިންކަމެއް ނުވަތަ ނޫންކަމެއްވެސް އެއްވެސް އިދާރާއަކުން ހާމައެއް ނުކުރެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;