މިމަހުގެ ތިންވަނަ ދުވަހު އޮތް ހާމަނާއިގެ ޖަނާޒާގައި ރާއްޖެއިން ބައިވެރިނުވުމުން އެކަމަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވުމުން ފޮރިން މިނިސްޓްރީން މިއަދު ވަ ނީ ބަޔާނެއް ނެރެފައެވެ.
އެ ބަޔާނުގައި މިނިސްޓްރީން ބުނީ ހާމަނާއީގެ ރަސްމީ ޖަނާޒާގައި ބައިވެރިވުމަށް ދިވެހި ސަރުކާރަށް ދައުވަތު ލިބުނުކަމަށެވެ. އަދި ރާއްޖޭގެ ފަރާތުން އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާނީ ސައުދީ އަރަބިއްޔާއަށާއި އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަހްމަދު ސަރީރު ކަމަށް އިރާން ސަރުކާރަށް ރާއްޖެއިން އެނގިކަމަށެވެ.
އެހެންނަމަވެސް ސަފީރު އަހްމަދު ސަރީރު އިރާނަށް ފުރާވަޑައިގަންނަވާ ވަގުތު ކައިރިވެފައި ވަނިކޮށް އިރާނުން ވަނީ ބޭރު ގައުމުތަކުގެ ވަފުދުތަކަށް ޕްރޮޓޮކޯލް އިންތިޒާމް ހަމަޖެއްސުމުގެ އުސޫލަށް ބަދަލު ގެނެސްފައިކަމަށް ދިވެހި ސަރުކާރުން ބުނެއެވެ. އެގޮތުން ސަފީރުންގެ ފެންވަރުގެ ބޭފުޅުންނަށް ޖަނާޒާގައި ބައިވެރިނުވެވޭނެކަން އެންގިކަމަށްވެސް މިނިސްޓްރީން ބުނެއެވެ.
އެ ބަދަލާއިއެކު ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ ފެންވަރުގެ ބޭފުޅަކު ޖަނާޒާގައި ބައިވެރިވުމަށް ފޮނުވުމުގެ މަސައްކަތް ދިވެހި ސަރުކާރުން ކުރިކަމަށްވެސް ދިވެހި ހާރިޖިއްޔާއިން ބުނެއެވެ. އެހެންނަނަމެވެސް ތެހެރާނަށް ދިއުމަށް ފްލައިޓްތަކަށް ހުއްދަ ދެވޭ ސުންގަޑި ކައިރިވެފައިވުމާއި، ސްޓޭޓް މިނިސްޓަރަށް ތެހްރާނަށް ވަޑައިގެންނެވޭނީ ޖަނާޒާގެ ރަސްމީ ބައި ނިމޭ ފަހުން ކަމަށް ވާތީ އެ ދަތުރުފުޅު ކުރެވޭ ގޮތް ނުވިކަމަށްވެސް ދިވެހި ހާރިޖިއްޔާ ނެރުނު ބަޔާނުގައިވެއެވެ.
ފޮރިން މިނިސްޓްރީން ބުނީ ސްޓޭޓް މިނިސްޓަރެއް އެ ޖަނާޒާގައި ބައިވެރިކުރުމަށް ރާއްޖެއިން ނިންމި ނިންމުމަށް އިރާން ސަރުކާރުން ޝުކުރު އަދާކޮށްފައިކަމަށެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;