ads
އޭޑީކޭގއި ކުރި ކޮނޑު ހުޅު ބަދަލުކުރުމުގެ އޮޕަރޭޝަންގެ ތެރެއިން
އޭޑީކޭގައި ކޮނޑުހުޅު ބަދަލުކުރުން ކާމިޔާބު، ހުސް ދިވެހި ޑޮކްޓަރުން
އޭޑީކޭ ހޮސްޕިޓަލުގައި ކޮނޑުހުޅު ބަދަލުކުރުމުގެ އޮޕަރޭޝަނެއް ކާމިޔާބުކަމާއެކު ފުރިހަމަކޮށްފިއެވެ.
Advertisement

އެ ހޮސްޕިޓަލްގައި ހެދި "ރިވާސް ޝޯލްޑަރ ރިޕްލޭސްމަންޓް" ސާޖަރީ ހެދުމުގެި އިސްކޮށް ތިއްބެވީ ކަށިގެ ދިވެހި ދެ ޑޮކްޓަރުންކަމަށްވާ ސީނިއާ ކޮންސަލްޓަންޓް އިން އޮތޯޕީޑިކްސް ޑރ. މުހައްމަދު މިޝްވަރު އަސްފާގު އާއި ކޮންސަލްޓަންޓް އިން އޮތޯޕީޑިކްސް ޑރ. މުހައްމަދު ރައްޒާން ރަމީޒުއެވެ. 

މި އޮޕަރޭޝަނަށް ފަހު ޑރ މިޝްވަރު ވިދާޅުވީ މިހާތަނަށް މިފަދަ އޮޮޕަރޭޝަންތައް އެ ހޮސްޕިޓަލްގައި ކުރަމުން ގެންދިޔައީ ބޭރުގެ ޑޮކްޓަރުން ރާއްޖެ އައިސް އެ ޑޮކްޓަރުންގެ އެހީތެރިކަމާއިއެކުކަމަށެވެ. އެގޮތުން މެލޭސިޔާ އަދި ތައިލެންޑްގެ ޑޮކްޓަރުން މީގެ ކުރިން ބައިވެރިވިކަން މިޝްވަރު ފާހަގަކުރެއްވިއެވެ. 

މި އޮޕްރޭޝަންގައި ބައިވެރިވި ޑރ. މުހައްމަދު ރައްޒާން ރަމީޒު ވިދާޅުވީ މިފަހަރުގެ ތަފާތަކީ މިފަހަރުގެ އޮޕަރޭޝަންގައި ބޭރުގެ އެއްވެސް ޑޮކްޓަރެއް ބައިވެރިވެފައި ނުވާކަންކަމަށެވެ. އަދި މިހރު މި ސާޖަރީ އޭޑީޚޭގައި ކޮންމެ އިރަކުވެސް ހެދޭނެކަން ޑރ. ރައްޒާން ފާހަގަކުރެއްވިއެވެ. 

ކޮންޑު ހުޅޫ ބަދަލުކުރުމަކީ ކަކުލު ހުޅޫ ބަދަލުކުރުމާއި ބަލާއިރު ނިސްބަތުން މަދު ސާޖަރީއެއްކަމަށް ޑރ. މިޝްވަރު ވިދާޅުވިއެވެ. ކޮނޑު ހުޅުގެ ބަދަލުކުރަން ޖެހެނީ ކޮނޑު އާތްރައިޓިކް ވެގެން ނޫނީ ކޮނޑުގެ މަސްގަނޑު އިރައިގެން ކޮންޑުގެ ހަރަކާތް ނުކުރެވުމުންނެވެ. އެގޮރުން އެ އޮޕަރޭޝަންގައި ބޯޅައަކާއި ސޮކެޓޭއް ލައްވާ ކޮނޑު ހަރަކާތް ކުރެވޭގޮތް ހަދަނީކަމަށް ޑރ. މިޝްވަރު ވިދާޅުވިއެވެ. 

މި ފަހުން ކުރި އޮޕަރޭޝަނަށް ފަހު ބަލިމީހާ ރަނގަޅުވަމުން އަންނަ މިންވަރު ވަރަށް ރަނގަޅުކަންވެސް ޑރ. މިޝްވަރު ފާހަގަކުރެއްވިއެވެ. އެގޮތުން އޮޕަރޭޝަން ނިމުނުތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި ރިހުން އެއްކޮށް ކަހަލަ ގޮތަކަށް ފިލާ  ބަލިމީހާއަށް ވަނީ އަތް 90 ޑިގްރީއަށް ހިއްލާފައިކަންވެސް ޑރ ފާހަގަކުރެއްވިއެވެ. އަދި މީގެކުރިން ކުރި މީގެ އޮޕަރޭޝަންތަކުގައި ބަލި މީހާގެ އަތް 160 ޑިގްރީއަށް މިހާރު އުފުލާކަމަށްވެސް ޑރ. މިޝްވަރު ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;