ads
ބޮޑުތަކުރުފާނު މަގުގެ މަސައްކަތް ރައީސް މިއަދު ބައްލަވާލައްވަނީ
ބޮޑުތަކުރުފާނު މަގުގެ މަސައްކަތް ރައީސް ބައްލަވާލައްވައިފި
މާލެ އުތުރުފަރާތު ބޮޑުތަކުރުފާނުމަގު ތަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތްތައް ކުރިއަށްދާގޮތް ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްލަވާލައްވައިފި އެވެ.
Advertisement

ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ރަސްމީ ފާލަމާ ހަމައަށް ބަންދުކޮށް، އެ މަގު ޒަމާނީ ފެންވަރަށް ހެދުމުގެ މަސައްކަތް ފެށީ މިދިޔަ މާޗު މަހުގެ 23 ގަ އެވެ. އެމްޓީސީސީން މަސައްކަތް ކުރަނީ، މިމަހުގެ 26އަށް މުޅި މަޝްރޫއުގެ މަސައްކަތްތައް ނިންމާ މަގު އާންމުންނަށް ހުޅުވާލުމަށެވެ.  

މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ ތެރެއިން މިހާރު ކުރިއަށްދަނީ، ފުރަތަމަ ފިޔަވަހީގައި ހިމެނޭ 5 ސެގްމެންޓެއްގެ މަސައްކަތެވެ. އެއީ ރަސްމީ ފާލަމުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް އޮންނަ ސަރަހައްދެވެ.

މަގު ހެދުމުގެ މަސައްކަތް ކުރިއަށްދާ ސައިޓަށް ރައީސް ވަޑައިގަތުމުން، ކަމާބެހޭ ފަރާތްތަކުން ވަނީ މަޝްރޫއުގެ މަސައްކަތް ކުރިއަށްދާގޮތުގެ މަޢުލޫމާތު އެމަނިކުފާނާ ހިއްސާކުރައްވާފަ އެވެ.

ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ހެދުމުގެ މަސައްކަތާ އެކު، އެ މަގު މިހާރު ވަނީ ދެގުނަ ފުޅާކޮށްފަ އެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އެތައް ބަޔަކަށް ބޮޑެތި ފަސޭހަތަކެއް ވަނީ ވެފަ އެވެ. އަދި މަގު ހަދަމުން އަންނަނީ ސައިކަލްތައް ޕާކް ކުރެވޭނެ ހާއްސަ ސަރަހައްދަކާ ވެސް އެކުގަ އެވެ. ޕާކިން ސަރަހައްދު ހަދަނީ ބޮޑުތަކުރުފާނު މަގުން ބޭންކް އޮފް މޯލްޑިވްސްގެ މައި އިމާރާތުގެ ކުރިމަތީގަ އެވެ. 

ބޮޑުތަކުރުފާނު މަގުގައި ތާރު އަޅައި، ޒަމާނީ ފެންވަރަށް ހެދުމުގެ މަޝްރޫއުގެ ދަށުން ނޯތު ހާބަރުން ފެށިގެން ޖުމްހޫރީ މައިދާނާ ހަމައަށް ތާރު އަޅައި އެ ތަން މިހާރު އަންނަނީ ބޭނުންކުރަމުންނެވެ. އެ މަގު ފުޅާކުރުމުގެ ސަބަބުން އެ ސަރަހައްދުގެ ތޮއްޖެހުމަށް ވަރަށް ބޮޑަށް ލުޔެއް ވަނީ ލިބިފަ އެވެ.

ދައުލަތުގެ ބަޖެޓުން 144 މިލިއަން ރުފިޔާ ހަރަދުކޮށްގެން ބޭރު މަގު ހެދުމުގެ މަސައްކަތް ކުރަމުން އަންނައިރު އެއީ 455 ދުވަސް ތެރޭ ނިންމަން ޖެހޭ މަޝްރޫއުއެކެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;