ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މުއާޒު މުހައްމަދު ރަޝީދު އިސްތިއުފާ ދެއްވީ 23 ޑިސެމްބަރު 2024 ގައެވެ.
މުއާޒު އެ މަގާމުން އިސްތިއުފާދެއްވާ ފޮނުއްވި ސިޓީގައި އިސްތިއުފާދެއްވި ސަބަބެއްކަމަށް ވިދާޅުވީ ފެނަކައިގެ ހަރަދު ބޮޑުވެ، ދެމެހެއްޓެނިވި ގޮތެއްގައި އޮޕަރޭޝަން ފޯރުކޮށް ނުދެވޭނެ ހާލަތަކަށް ކުންފުނި ވެއްޓިފައިވާތީއާއި، އޭނާ ހުރެގެން އިތުރަށް އެ ކަން ރަނގަޅު ކުރެވޭނެ މަގެއް ނުފެންނާތީއެވެ. އަދި ކުންފުނީގެ މުވައްޒަފުންގެ އަދަދު މަދުކޮށް، ކުންފުންޏަށް ކަތާވަރަށް ހިންގުން ބަދަލުކުރުމަށް އިދާރާތަކުން އެކަށީގެންވާ އެއްބާރުލުމެއް ނުލިބުންކަންވެސް މުއާޒު ވަނީ ފާހަގަކުރައްވާފައެވެ.
މުއާޒު ވިދާޅުވެފައިވަނީ އޭނާ ފެނަކަގެ އެމްޑީގެ މަގާމާ ހަވާލުވެވަޑައިގެން ހުންނެވި އެއް އަހަރުގެ ތެރޭގައި ކުންފުނީގެ ހިންގަން ދިމާވި ގޮންޖެހުންތަކާއި ދަތިތަކާ އެކުގައި ވެސް ރައްޔިތުންނަށް މެދުނުކެނޑި ހިދުމަތް ފޯރުކޮށް ދިނުމުގައި އެދެވޭ ނަތީޖާއެއް ހާސިލްކުރެވިފައިވާ ކަމަށެވެ.
އެނގިފައިވާ ގޮތުގައި އެމްޑަބްލިޔުއެސްސީގެ ޑީއެމްޑީކަމަށް މުއާޒު އައްޔަންކުރަން ނިންމާފައިވަނީ އެ ކުންފުނީގެ ބޯޑުން ފާސްކޮށްގެންނެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;