ads
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު: އޭނާ މަރާލުމުގެ އާ ޕްލޭނެއް އީރާނުން ގެންގުޅޭ ކަމަށް އިޒްރޭލުން ވަނީ އެމެރިކާއަށް އަންގާފައި. -
މަރާލަން އުޅޭ ކަމަށް ބުނެ ޓްރަމްޕްގެ ރައްދު އީރާނަށް!
އީރާނުން އޭނާ އަވަހާރަކޮށްލަން އުޅެފި ނަމަ ނުވަތަ އެފަދަ ކަމަކަށް މަސައްކަތް ކޮށްފި ނަމަ، އީރާނު އެއްކޮށް ސުންނާފަތިކޮށްލަން ތައްޔާރަށް ތިބުމަށް އެމެރިކާގެ އަސްކަރިއްޔާއަށް އަމުރުކުރައްވާފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ރޭ ވިދާޅުވެެއްޖެ އެވެ.
Advertisement

އިޒްރޭލުން މި ހަފުތާގައި އެމެރިކާއަށް ދިން ޖާސޫސީ މައުލޫމާތުތަކެއްގައި، ރައީސް ޑޮނަލްޑް ޓްރަމްޕް އަވަހާރަކޮށްލުމަށް އީރާނުން މުޅިން އަލަށް "ހާއްސަ" ރޭވުމެއް ރާވަމުންދާ ކަމުގެ މައުލޫމާތު ހިމެނޭ ކަމަށް އެމެރިކާގެ މީޑިއާތަކުން ބުރާސްފަތި ދުވަހު ވަނީ ރިޕޯޓްކޮށްފަ އެވެ.

މި ރިޕޯޓާއި ގުޅިގެން ޓްރަމްޕް ބުނީ އޭނާ އަވަހާރަކޮށްލަން މަސައްކަތް ކުރަމުންދާ ކަމަށް އީރާނު ސަރުކާރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދެމުންދާ އިންޒާރުތަކަށް އަމަލީ ސިފައެއް ގެނެސްފިނަމަ، 1000 މިސައިލް އީރާނަށް އަމާޒުކޮށް މިހާރުވެސް ތައްޔާރީ ހާލަތުގައި ހުރި ކަމަށެވެ. އަދި އެއާ ވިދިގެން ވަގުތުން އިތުރު އެތައް ހާސް މިސައިލެއް ފޮނުވާލާނެ ކަމަށްވެސް އޭނާ ބުނެފައި ވެއެވެ. 

"އަމުރުތައް މިހާރު ވަނީ ދެވިފައި. އަދި އެމެރިކާގެ އަސްކަރިއްޔާ އޮތީ ތައްޔާރަށް، އެދިގެން، އަދި ގާބިލުކަން ލިބިގެން... އީރާނުގެ ހުރިހާ ސަރަހައްދެއް އެއްކޮށް ސުންނާފަތިކޮށް ހަލާކުކޮށްލުމަށް،" ޓްރަމްޕް ލިޔުއްވާފައިވެ އެވެ.

މި އިންޒާރު އައިސްފައި މިވަނީ، އެމެރިކާއާއި އިސްރާއީލުން ގުޅިގެން ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އީރާންގައި ހުންނަ ރިޔާސީ ގަނޑުވަރަށް ދިން ވައިގެ ހަމަލާއެއްގައި އަވަހާރަކޮށްލި އީރާނުގެ ސުޕްރީމް ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީގެ ހަށިކޮޅު، އޭނާ އުފަންވެވަޑައިގަތް ރަށް ކަމަށްވާ މަޝްހަދުގައި ހުންނަ އިމާމް ރިޒާގެ މަގުބަރާގައި ފަސްދާނުލެވިފައިވާ ވަގުތެއްގައި އެވެ.

އަދި މި ޖަނާޒާ ކުރިއަށްދިޔައިރު، އެމެރިކާއާއި އީރާނާ ދެމެދު ހިނގަމުންދާ ހަނގުރާމަ މެދުކަނޑާލުމަށް ޖޫން 17 ގައި ވެފައިވާ އެއްބަސްވުން ވަނީ ރޫޅިފަ އެވެ.

 

މަޝްހަދުގައި ބޭއްވުނު އެންމެ ފަހުގެ ޖަނާޒާ ހިނގާލުމުގައި، ހިތާމަވެރިން ވަނީ އީރާނުގެ ދިދަޔާއި ހާމަނައީގެ ތަސްވީރުތައް ހިފައިގެން ތިބެ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ކިބައިން ބަދަލުހިފުމަށް ގޮވާލާ އަޑުއުފުލާފަ އެވެ. 

އެގޮތުން، "އަހަރެމެންގެ ރޫހާނީ ލީޑަރުގެ ލެއަށް ހުވާކޮށް ބުނަން، ޓްރަމްޕް، އަހަރެމެން ކަލޭ މަރާލާނަން،" ފަދަ ޝިއާރުތައް ގޮވަމުންދިޔަ އެވެ.

ބުރާސްފަތި ދުވަހު މަޝްހަދުގައި ބޭއްވި އެންމެ ފަހުގެ ހިނގާލުމުގައި މީހުން ގިނަވުމުގެ ސަބަބުން، ޚާމަނާއީގެ ހަށިކޮޅު އުފުލި އުޅަނދަށް ކުރިއަށް ނުދެވިގެން، އިމާމް ރިޒާގެ މަގުބަރާއަށް ހަށިކޮޅު ގެންދިޔައީ ހެލިކޮޕްޓަރެއްގަ އެވެ. ކަޅު ހެދުމުގައި ތިބި އާންމުން ވަނީ އީރާނުގެ ދިދަތަކާއި ޚާމަނާއީގެ ފޮޓޯތައް ހިފައިގެން ނުކުމެ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ދެކޮޅަށް އަޑުއުފުލައި، ބަދަލުހިފުމަށް ތަކުރާރުކޮށް ގޮވާލާފަ އެވެ.

އަނެއްކޮޅުން މި އިންޒާރު އައިސްފައި މިވަނީ، ދާދި ފަހުން ހިނގާދިޔަ އަސްކަރީ ކުރިމަތިލުންތަކާއި ގަލްފު ސަރަހައްދުގެ ސަލާމަތީ ކަންތައްތަކާ މެދު އުފެދިފައިވާ ދެބަސްވުންތަކާ ގުޅިގެން، ވޮޝިންޓަނާއި ތެހެރާނާ ދެމެދު ނުތަނަވަސްކަން ވަރަށް ބޮޑަށް އިތުރުވެފައިވާ ދަނޑިވަޅެއްގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;