ads
ޕީއެންސީގެ ދާއިރާތަކުގެ އިންތިހާބުގެ ވޯޓުލުން ކުރިއަށް ދާއިރު އެ ޕާޓީގެ އިސްވެރިން ހަރަކާތްތެރި ވަނީ - ފޮޓޯ: ޕީއެންސީ
ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި %85 އަށްވުރެ ގިނަ މީހުން ވޯޓުލި
މިއަދު ކުރިއަށްގެންދިޔަ ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ ސްޓިއަރިން ކޮމިޓީތަކާއި ދާއިރާތަކުގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ 85 އިންސައްތަ މީހުން ވޯޓުލައިފި ކަމަށް އެ ޕާޓީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
Advertisement

މިއަދު ހެނދުނު 9:00 ގައި ފެށި މި އިންތިހާބުގެ ވޯޓުލުން ކުރިއަށް ދިޔައީ މިއަދު ހަވީރު 4:00 ގެ ނިޔަލަށެވެ.

އިންތިހާބުގެ ވޯޓުލުން ނިންމައިލުމަށްފަހު އެ ޕާޓީގެ ލީޑާޝިޕުން ކުރިއަށްގެންދެވި ނޫސްވެރިންގެ ބައްދަލުވުމުގައި އަބްދުއްރަޙީމް އަބްދުﷲ ވިދާޅުވީ މިއަދު 119 ރަށެއްގައި އިންތިހާބު ބޭއްވިއިރު، 2،400 އެއްހައި ބޭފުޅުން އިންތިހާބުގައި ވާދަކުރެއްވުމަށް ކުރިމަތިލެއްވި ކަމަަށެވެ. 

އެމަނިކުފާނު ވިދާޅުވީ މިއަދުގެ އިންތިހާބަކީ މިހާތަނަށް ރާއްޖޭގެ ސިޔާސީ ޕާޓީއަކުން ބޭއްވި އެންމެ ބޮޑު އެތެރޭގެ އިންތިހާބު ކަމަށެވެ. އެ އިންތިހާބު އޮތް ދާއިރާތަކުގައި 40،000 އެއްހައި މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާކަންް ފާހަގަކުރައްވަމުން އަބްދުއްރަޙީމް ވިދާޅުވީ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ 85 އިންސައްތަ މީހުން ވޯޓުލި ކަމަށެވެ. 

"މި ދެންނެވި އަދަދަށް ވޯޓުފޮށި ބަހައްޓައިގެން ވޯޓުލުން ކުރިއަށް ގެންދިޔައީމާ، މި ދެންނެވި އަދަދަށް ވޯޓުލީމާ އެއީ ވަރަށް ބޮޑު އަދަދެއް އަދި މި ކަހަލަ ޕާޓީގެ އެތެރޭގެ އިންތިހާބެއްގައި. މީގެއިން މި އެނގިގެން ދަނީ ކޮންގްރެސް ޕާޓީއާ މެދު ރައްޔިތުންގެ މެދުގައި ޝައުގުވެރިކަން އޮތް މިންވަރު،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ 119 ވޯޓުފޮއްޓަށް އެހައި ގިނަ އަދަދެއްގެ މީހުން ވޯޓުލުމާއި، ޕާޓީއާއި ޕާޓީގެ ސަރުކާރާއި، ޕާޓީގެ ރައީސަށް ރައްޔިތުންގެ މެދުގައި އޮތް އިތުބާރު ކަމަށެވެ.

ޕީއެންސީގެ ދާއިރާތަކަށް އިންތިހާބުކުރާނީ ދާއިރާ ރައީސާއި ދާއިރާގެ ނައިބު ރައީސާއި އަންހެނުންގެ ހަރަކާތުގެ ރައީސާއި ޒުވާނުން ހަރަކާތުގެ ރައީސް އަދި ސްޓިއަރިން ކޮމިޓީގެ ރައީސް އެވެ.

މި އިންތިހާބަށްފަހު، ޕީއެންސީގެ ބޮޑު ކޮންގްރެސް ބޭއްވުމަށް ތާވަލުކޮށްފައިވަނީ އަންނަ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ދަފުތަރުން ދައްކާ ގޮތުގައި މިހާރު ރާއްޖޭގައި އޮތް އެންމެ ބޮޑު ޕާޓީއަކީ ވެރިކަން ކުރާ ޕީއެންސީ އެވެ. އެގޮތުން އެ ޕާޓީގެ މެންބަރުންގެ އަދަދު 74،048އަށް އަރާ ކަމަށް އީސީގެ ދަފުތަރުން ދައްކައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;