މީރާ އިން ބުނީ އެ މިއަދަދަކީ މިދިޔަ އަހަރުގެ ޖޫން މަހު މުދަލު ޒަކާތުގެ ގޮތުގައި ލިބުނު އަދަދާ ބަލާ އިރު 100 އިންސައްތަ އިތުރު އަދަރެއް ކަމަށެވެ. މިދިޔަ އަހަރުގެ ޖޫންމަހު މުދަލު ޒަކާތުގެ ގޮތުގައި ލިބުނީ 10.6 މިލިއަން އެވެ.
އަހަރުގެ މިހާތަނަށް ދައުލަތަށް މުދަލު ޒަކާތުގެ ގޮތުގައި ޖުމްލަ 79.6 މިލިއަން ރުފިޔާ ލިބިފައިވާއިރު މީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ކިޔާއިރު 29 އިންސައްތަ އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ ފުރަތަމަ ހަ މަހު މުދަލުގެ ޒަކާތަށް ލިބުނީ 61.5 މިލިއަން ރުފިޔާ އެވެ.
މިހާރު ރާއްޖޭގައި މުދަލު ޒަކާތުގެ ނިސާބަކީ 21،836.50ރ. އެވެ. އެ ބަދަލު އައީ އެޕްރީލް މަހުގެ ތެރޭގަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;