ގަތަރު ސަރުކާރުން ވަނީ 1995 އިން 2013 އަށް އެ ގައުމުގެ ވެރިކަން ކުރެއްވި އަމީރު އަވާހަރަވިކަން ރަސްމީކޮށް އިއުލާނުކޮށްފަ އެވެ.
އަމީރުންގެ ބައްޕާފުޅުގެ ގޮތުގައި ސިފަކުރާ ހަމަދުގެ ދައުރުގައި ގައުމަށް އެކި ދާއިރާތަކުން ބޮޑެތި ކުރިއެރުންތަކެއް ގެނެސްދެވި އެވެ. ހާއްސަކޮށް އިގުތިސާދީ، އިޖުތިމާއި އަދި ސަގާފީ ގޮތުން ބައިނަލްއަގްވާމީ ދުނިޔޭގައި ގަތަރު ވަރަށް ފާހަގަކޮށްލެވޭ ގައުމަކަށްވެގެން ދިޔައީ ޝައިހް ހަމްދާންގެ ދައުރުގަ ތެރޭގަ އެވެ.
ޝައިހް ހަމަދަކީ ރާއްޖެއަށް ވެސް އެކި ދާއިރާތަކުން އެތައް އެހީއެއް ދެއްވި ބޭފުޅެކެވެ. މިސްކިތްތައް އިމާރާތްކުރުމާއި މަރާމާތުކުރުމުގެ މަޝްރޫއުތައް ހިންގަވާފައިވެ އެވެ. ލ. ގަމުގައި ހުންނަ ޝައިޚް ހަމަދު ބިން ހަލީފާ އާލް ޘާނީ (ހަމަދު ސްކޫލް) އަކީ މިފަދަ އެހީތަކުގެ ތެރެއިން ފާހަކޮށްލެވޭ ތަނެކެވެ.
އޭނަ މިއަދު އަވަހާރަވިކަން ގަތަރުގެ ސަރުކާރުން އިއުލާންކުރި ނަމަވެސް މިކަމާ ގުޅޭ އިތުރު ތަފުސީލުތަކެއް އަދި ހާމަކޮށްފައެއް ނުވެ އެވެެ.
އެމަނިކުފާނު އަވަހަރާވިއިރު، އުމުރުފުޅަކީ 74 އަހަރެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;