ads
ށ. ގޮއިދޫ ޒުވާނުން ނަރޫދޫއަށް މަސް ހިފައިގެން އައިސް
ނަރުދޫ ކޮންމެ ގެއަކަށް ގޮއިދޫ ރައްޔިތުންގެ ހަދިޔާއެއް!
ލޮކްޑައުންގެ މި ދަނދިވަޅުގައި ށ. ގޮއިދޫ ޒުވާނުން އިސްނަގައިގެން އެ އަތޮޅު ނަރޫދޫއަށް ރޯ މަސް ފޯރުކޮށްދީފި އެވެ.
Advertisement

އަމާޒޯ ބޯޓު ކައްޕިއާއި އެރަށު އިތުރު 10 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްމުއެކު އެރަށް ވަނީ ލޮކްޑައުން ނަރުދޫ އޮތީ މޮނިޓަރިންގެ ހާލަތުގަ އެވެ. މިހެންވެ މި ރަމަޟާން މަހު މަސް ވިއްކުމަށް ދޯނި ފަހަރު ވެސް އެރަށަކަށް ނުދެ އެވެ. 

ނަރުދޫއަށް މަހުގެ ދަތިކަން ކުރިމަތިވެފައިވާ މިދަނޑިވަޅުގައި އެކަމަށް ހައްލު ހޯދައިދިނުމަށް ގޮއިދޫ ޒުވާނުންގެ އިސް ނެގުމުގެ މަތިން މިއަދު ވަނީ އެރަށަށް މަސް ހިފައިގެން މެންދުރު 1:00 ހާއިރު ދޯންޏެއްގައި ގޮސްފަ އެވެ.

އެކަމާ ގުޅޭ ގޮތުން ސީއެންއެމްއަށް މައުލޫމާތު ދެމުން ނަރުދޫ ކައުންސިލްގެ މެމްބަރު އަހުމަދު ނިޒާރު ވިދާޅުވީ ލޮކްޑައުންގެ ސަބަބުން ނަރުދޫއަށް ދިމާވެފައިވާ މަސް ލިބުމުގެ މައްސަލައަށް ގޮއިދޫ ޒުވާނުން އިސްނަގައިގެން އެރަށު ކައުންސިލާއި ރައްޔިތުން ގުޅިގެން ހައްލު ހޯދައިދީފައިވާތީ ނަރުދޫގެ ހުރިހާ ރައްޔިތުންގެ ނަމުގައާއި ކައުންސިލް ނަމުގައި ގޮއިދޫ ރައްޔިތުނަށް ޝުކުރު ދަންނަވާ ކަމަށެވެ.

ނިޒާރު ވިދާޅުވީ ގޭގޭގައި މީހުން އުޅޭ ނިސްބަތުން ތަފާތުކުރުމެއް ނެތި ގެތަކަށް މަސް ފޯރުކޮށްދިނުމުގެ މަގްސަދުގައި، މަސް ގެނެސްފައިވަނީ ޕެކޭޖު ހަދައިގެން ކަމަށެވެ. 

އެގޮތުން ދެ ކޮޓަޅުގެ ރޭޓުން ފަރުމަހާއި މުށިމަސް ހިމެނޭ ކަމަށެވެ. އަދި އެތަކެތި މިހާރު ނަރޫދޫ ގެތަކަށް ބަހާފައިވާކަމަށްވެސް އޭނާ ވިދާޅުވި އެވެ.

" ހާއްސަކޮށް ރަމަޟާން މަހަކީ ނަރުދޫގައި ރޯމަސް ބޭނުންކުރާ މައްސަރަކަށް ވީއިރު ލޮކްޑައުންގެ ސަބަބުން މަސް ނުލިބި މިދިޔައީ. ނަމަވެސް ގޮއިދޫ ޒުވާނުން އިސްނަގައިގެން އެރަށު ކައުންސިލާއި ރައްޔިތުން ގުޅިގެން މިއަދު މަސް ފޯރުކޮށްދީފަ މިވަނީ. އެކަމާ ރައްޔިތުން ވަރަށް ހިތްހަމަޖެހިފަ ތިބީ. އަދި ގޮއިދޫ އެހެންމެހާ ފަރާތްތަކަށް ކައުންސިލްގެ ނަމުގައާއި ރައްިޔތުންގެ ނަމުގައި ޝުކުރު ދަންނަވަން،" ނިޒާރު ވިދާޅުވި އެވެ.

your imageށ . ގޮއިދޫ ޒުވާނުން ނަރޫދޫގައި މަސް ބެހުމުގައި ހަރަކާތްތެރިވަނީ

ނަރުދޫއަށް ދިމާވެފައިވާ މަސް ލިބުމުގެ މައްސަލައަށް ގޮއިދޫ ރައްޔިތުން އެހީތެރިވެފައިވާއިރު 600 އަބާދީ ހިމެނޭ އެރަށަކީ މަސްވެރި ރަށެއް ނޫނެވެ. އެހެންކަމުން މަސް ހޯދުމުގައި ބަރޯސާ ވެފައިވަނީ މަސްވެރިކަން ކުރާ ކައިރި ރަށް ރަށަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް