މިނިސްޓަރު މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް މަޖިލީހަށް ހާޒިރުވެވަޑަައިގެން މާވަށު ދާއިރާގެ މެމްބަރު އަހުމަދު ޝާކިރު ކުރެއްވި ސުވާލަށް ދެއްވި ޖަވާބުގައެވެ.
މެމްބަރު ސުވާލުކުރެއްްވީ ލ. ހިތަދު އާއި ކުނަހަންދޫ އަދި މެންދޫ ގުޅުވާލާ ކޯޒްވޭގެ އަމަލީ މަސައްކަތް ފަށައި އަދި ނިމޭނެ ތާރީހެއް އޮޅުންފިލުވައިދިނުމަށްއެދި އެވެ.
މުއްތަލިބް ވިދާޅުވި ގޮތުގައި ސާވޭގެ މަސައްކަތް ނިންމާ ޑިޒައިނަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، ޑިޒައިންތައް އެޕްރޫވްކޮށް އަމަލީ މަސައްކަތް ފެށީ މިދިޔަ އަހަރުގެ އޮކްޓޫބަރު 20 ވަނަ ދުވަހު އެވެ.
މި މަޝްރޫއުގެ ދަށުން 390 މީޓަރުގެ ރިވެޓްމެންޓަކާއި 157.5 މީޓަރުގެ ދިގު ދެ ބްރިޖާއި 714 މީޓަރުގެ ދިގު މަގެއް ތަރައްގީ ކުރުމަށް ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ހިތަދޫ އާއި ކުނަހަންދޫ ގުޅުވާލުމުގެ މަސައްކަތް މިދިޔަ ސަރުކާރުގައި ވެސް ކުރިއެވެ. އެގޮތުން އެ މަޝްރޫއު 2019 ވަނަ އަހަރު ބަޔަކާ ހަވާލު ކުރިޔަސް، 2023 ވަނަ އަހަރާ ހަމައަށް ވެސް އެ ކޯޒްވޭގެ އަމަލީ މަސައްކަތް ފަށާފައެއް ނުވެ އެވެ. އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ އަހަރުގެ އޮކްޓޯބަރުމަހުގެ ތެރޭގައި ރައީސް މުއިއްޒު އެ އަތޮޅަށް ކުރެއްވި ޒިޔާރަތުގެ ތެރެއިންނެވެ.
ޖިއޯޓެކްނިކަލް އިންވެސްޓިގޭޝަނާއި، ޑިޒައިންނަށް ގެންނަން ޖެހޭ ބަދަލުތަކުގެ މަސައްކަތް ފުރިހަމަކުރީ، މި ވެރިކަމުގައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މިނިސްޓަރު މުއްތަލިބް މިއަދު ވިދާޅުވީ އެ މަޝްރޫއުގެ މަސައްކަތް އެދޭ ބާރުމިނުގައި ކުރިއަށްނުދާ ކަމަށާއި މަސައްކަތް ކުރަނީ 2028 ގެ މެދުތެރެއަށް މަސައްކަތް ނިންމާ ބޭނުންކުރެވޭ ގޮތް ހެދުމަށް ކަމަށެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;