ads
އިންފޮމޭޝަން ކޮމިޝަނަރު އާހިދު
އައިކޮމްގެ ވާޖިބަށް ހުރަސްއަޅާ ކަމަށް ބުނެ ރައީސް އޮފީސް ޖޫރިމަނާކޮށްފި
އިންފޮމޭޝަން ކޮމިޝަރުގެ ގާނޫނީ ޒިންމާ އަދާކުރަން ރައީސް އޮފީހުން ހުރަސް އަަޅަމުންދާ ކަމަށް ކަނޑައަޅައި، ރައީސް އޮފީސް ޖޫރިމަނާ ކުރަން މިއަދު ނިންމައިފިއެވެ.
Advertisement

ރައީސް އޮފީސް ޖޫރިމަނާކުރަން ނިންމީ އެ އޮފީހުން މައުލޫމާތު ހޯދުމަށް ހުށަހެޅި ފަސް ހުށަހެޅުމަކަށް ޖަވާބު ދީފައި ނުވާތީ މިއަދު ބޭއްވި ބޭއްވި އާންމު އަޑުއެހުމުގައެވެ. އިންފޮމޭޝަން ކޮމިޝަނަރު އަހުމަދު އާހިދު ރަޝީދު ވިދާޅުވީ ރައީސް އޮފީސް ޖޫރިމަނާ ކުރަން ނިންމީ ކޮމިޝަނަރުގެ ގާނޫނީ ޒިންމާ އަދާކުރަން ހުރަސްއަޅަމުންދތީކަމަށެވެ.

އެ ފަސް މައްސަލާގައި މައުލޫމާތު ފޯރުކޮށްދިނުމަށް ކަނޑައަޅާފައިވާ މުއްދަތުގައި ރައީސް އޮފީހުން ޖަވާބު ދީފައެއް ނުވެއެވެ. އެހެންކަމުން އޭގެ ފަހުން ކޮމިޝަނުން އެންގުމުންވެސް ޖަވާބު ފޯރުކޮށްދީފައި ނުވާކަމަށް އާހިދު ވިދާޅުވިއެވެ. ކޮމިޝަނުން ކަނޑައެޅި މުއްދަތުގައި ޖަވާބު ނުދީ، އެކަމަށް 45 ދުވަހަށް ވުރެ ދިގު މުއްދަތެއް ހޭދަކޮށްފި ނަމަ ރައީސް އޮފީހުގެ އިންފޮމޭޝަން އޮފިސަރުގެ މައްޗަށް ދައުވާ ކުރަން ފޮނުވާނެ ކަމުގެ އިންޒާރުވެސް ކޮމިޝަނަރު މިއަދު ދެއްވިއެވެ. \

އިންފޮމޭޝަން ކޮމިޝަރުގެ ގާނޫނީ ޒިންމާ އަދާކުރަން ރައީސް އޮފީހުން ހުރަސް އަަޅަމުންދާ ކަމަށް ކަނޑައަޅައި، އެ އޮފީސް ޖޫރިމަނާކޮށްފައިވަނީ 2،000ރ. އިންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;