ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބާ ސުވާލުކުރުމުގެ ފުރުސަތުގައި، ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލް ގަފޫރު މޫސާވަނީ ހިރިމަރަދޫ ރައްޔިތުން ހަނިމާދޫއަށް ބަދަލުކުރުމުގެ މަސައްކަތްކުރިއަށްދާ ގޮތާ ގުޅޭގޮތުން ސުވާލުކުރައްވާފަ އެވެ.
އެ ސުވާލަށް ޖަވާބުދެއްވަމުން، މުއްތަލިބު ވިދާޅުވީ، ހިރިމަރަދޫގެ ރައްޔިތުންނަށް ހަނިމާދޫގައި ފްލެޓް އަޅަން މެމްބަރާއި، ހަނިމާދޫ ކައުންސިލުގެ ފަރާތުން އެއްބާރުލުން ނުލިބޭކަމަށެވެ.
ހދ. ހިރިމަރަދޫގެ ރައްޔިތުން އެ އަތޮޅު ހަނިމާދޫއަށް ބަދަލުކުރުމަށް ނިންމަވައި، ހިރިމަރަދޫއަކީ މީހުން ދިރިނޫޅޭ ރަށެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާއިރު، ހިރިމަރަދޫ ރައްޔިތުން ނިމިދިޔަ ކައުންސިލް އިންތިހާބުގައި ވޯޓުލާފައި ވަނީވެސް ހަނިމާދޫއަށެވެ.
ހިރިމަރަދޫ ކައުންސިލް އުވާލައި އެ ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ ހިދުމަތްތައް ވެސް މިހާރު ހަވާލުކޮށްފައިވަނީ ހަނިމާދޫ ކައުންސިލާ އެވެ.
އިތުރަށް ކިޔާލަން: ހޯރަފުއްޓަށް ބަދަލުވާން ބޭނުންވާ ހިރިމަރަދޫ މީހުން ނަން ނޯޓްކުރަން ހުޅުވާލައިފި
އޭގެ ފަހުން ހިރިމަރަދޫ ރައްޔިތުންގެ ތެރެއިން ހއ. ހޯރަފުށްޓަށް ބަދަލުވާން ބޭނުންވާ މީހުން ނަން ނޯޓުކުރުމުގެ ފުރުސަތު ހަނިމާދޫ ކައުންސިލުން ހުޅުވާލި އެވެ. ނަމަވެސް އެއީ ސަރުކާރުން ނިންމާފައިވާ ނިންމުމެއް ނޫނެވެ.
އުތުރުގެ ރަށްތަކަށް މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ދަތުރުފުޅުގައި ހިރިމަދު އަަށް ވަޑައިގެން އެ މަނިކުފާނު ވަނީ އެ ރަށު މީހުންނަށް ބޭނުންވާ ބޯހިޔާވަހިކަމާއި މުނިސިޕަލް ހިދުމަތްތައް ދޮޅު އަހަރު ތެރޭގައި ހަނިމާދޫގައި ގާއިމްކުރަން ހަވާލުކޮށްފަ އެވެ.
ހިރިމަރަދުއަކީ ހދ. އަތޮޅުގައި މީހުން އުޅޭ 13 ރަށުގެ ތެރެއިން އާބާދީ އެންމެ ކުޑަ ރަށެވެ. އެންމެ ފަހުގެ ބޯހިމެނުމުން އެނގޭ ގޮތުގައި ރަށުގައި ދިރިއުޅޭ އާބާދީއަކީ 293 އެވެ. އެއީ 157 ފިރިހެނުންނާއި 136 އަންހެނުންނެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;