ސީއެމްއެމްއަށް އެނގިފައިވާ ގޮތުގައި މާމެންދޫ ކައުންސިލަށް ފޮނަދޫ ކައުންސިލުން މިއަދު ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައިވަނީ ރަށައް އެރުމަށް ހުއްދަ ނެތި ލޯންޗުގެ ކައްޕި ފޮނަދޫއަށް އަރާ އެތަނުގަ މަސައްކަތްކުރާ ޓާސްކް ފޯހުގެ މުވައްޒަފަކާ ޒުވާބުކޮށް ހަޑި ހުތުރު ބަހުން ވާހަކަ ދައްކައި މަރުގެ އިންޒާރު ދީފައިވާކަމަށެވެ. އެހެންކަމުން ކައްޕިއަށް ނަސޭހަތް ތެރިވެ ފުލުހުން ދޫކޮށްލާފައި ވާކަމަށް ސިޓީގައި ބުނެފައިވެ އެވެ.
ފޮނަދޫ ކައުންސިލުން ލ. މާމެންދޫ ކައުންސިލަށް ފޮނުވި ސިޓީ
މާމެންދޫ ލޯންޗެއްގެ ކައްޕި ފޮނަދޫއަށް އަރާ އެތަނުގެ ޓާސްކް ފޯހަށް އިންޒާރުދީފައިވާއިރު އެފަދަ މައްސަލަތައް މަދުން ނަމަވެސް އަންނަނީ ފެންމަތިވަމުންނެވެ.