ފުލުހުން އާންމުކޮށްފައިވާ އެންމެ ފަހުގެ މައުލޫމާތުތަކަށް ބަލާއިރު، މިއަހަރުގެ މިހާތަނަށް ސައިބާ ކްރައިމްގެ ގިނަ މައްސަލަތަކެއް ވަނީ ފެންމަތިވެފަ އެވެ. މީގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މައްސަލަތަކެވެ.
މިދިޔަ އަހަރުން ފެށިގެން މިއަހަރުގެ މިހާތަނަށް ހިނގާފައިވާ އެކިއެކި ސްކޭމް މައްސަލަތަކުގައި އާންމު ރައްޔިތުންގެ އަތުން 33 މިލިއަން ރުފިޔާއަށްވުރެ ގިނަ ފައިސާ ގެއްލިފައިވާކަން ފުލުހުން ވަނީ ހާމަކޮށްފަ އެވެ.
ވަކިވަކި ކުށްތަކަށް ބަލާއިރު އޮންލައިން ޝޮޕިންގ ސްކޭމްގެ ކުށްތައް ވަނީ 86 އިން 464 އަށް އިތުރުވެފައެވެ. މިއީ 439 ޕަސެންޓްގެ އިތުރުވުމެކެވެ. މިއީ މުޅި ސައިބާ ކްރައިމްގެ ބާވަތްތަކަށް ބަލާ އިރު މިއަހަރު އެންމެ ގިނައިން ރިޕޯޓުކުރި އަދި އެންމެ ބޮޑަށް އިތުރުވި ބާވަތެވެ. ސޯ
ޝޯޝަލް މީޑިއާ މެދުވެރިކޮށް ހިންގާ ސްކޭމްތައް 15 އިން 109 އަށް އިތުރުވެފައިވެ އެވެ. މިއީ 626 ޕަސެންޓްގެ އިތުރުވުމެކެވެ. އަދި ބޭރު ފައިސާ ބަދަލުކުރުމުގެ ނަމުގައި ހިންގާ ސްކޭމްތައް 56 އިން 103 އަށް އިތުރުވެ، 83 ޕަސެންޓަށް އިތުރުވެފައިވެ އެވެ.
ފުލުހުން ބުނީ ޓެކްނޮލޮޖީގެ ކުރިއެރުންތަކުގެ ނާޖާއިޒް ފައިދާ ނަގައިގެން ހިންގާ މަކަރާއި ހީލަތުގެ އަމަލުތަކުގައި އާ އުކުޅުތައް ބޭނުންކުރަމުން އަންނަ ކަމަށެވެ. މަކަރާއި ހީލަތުން ފައިސާ ހޯދަން އުޅޭ ކަމަށް ޝައްކުކުރެވިއްޖެނަމަ ނުވަތަ އެފަދަ އަމަލެއްގެ ޝިކާރައަކަށް ވެއްޖެނަމަ ލަސްނުކޮށް ފުލުހުންނަށް ރިޕޯޓް ކުރުމަކީ ކުށްވެރިން ހޯދުމަށާއި ގެއްލޭ ފައިސާ އަނބުރާ ހޯދުމަށް އެޅޭނެ މުހިންމު ފިޔަވަޅެއް ކަމަށް ފުލުހުން ބުންޏެވެ.
މަކަރާއި ހީލަތުން ފައިސާ ހޯދަން އުޅޭކަމަށް ޝައްކުކުރެވިއްޖެނަމަ، ނުވަތަ މިފަދަ އަމަލެއްގެ ޝިކާރައަކަށް ވެއްޖެނަމަ، ލަސްނުކޮށް ފުލުހުންގެ ހޮޓްލައިން 125 އަށް ގުޅައި ރިޕޯޓުކުރުމަށް ފުލުހުން ވަނީ އެދިފަ އެވެ. މިހާރު ވެސް ގިނަ މައްސަލަތަކެއް (އިންޓަނެޓާއި ޓެކްނޮލޮޖީ މެދުވެރިކޮށް ހިންގާ ކުށްތައް) ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން އަންނަނީ ތަހުގީގު ކުރަމުންނެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;