މި އުޅަނދު ފިލްމުތަކުން ފެންނަ ގޮތަށް ފަރުމާކުރުމުގައި އޭރު އުޅުނު ބައެއް ބިރުވެރި އަދި ބާރުގަދަ ކަނޑުފޭރޭ އުޅަނދުތަކުގެ އަސްލު ސިފަތަކާއި ކަނޑުމަތީގެ އާދަކާދަތަކުން ވަރަށް ބޮޑަށް އިންސްޕިރޭޝަން ހޯދާފައި ވެއެވެ.
ބްލެކް ޕާލް އުފެއްދުމުގައި އެންމެ ބޮޑު އިންސްޕިރޭޝަނެއް ހޯދާފައިވަނީ ކަނޑުފޭރޭ މަޝްހޫރު ކެޕްޓަނެއް ކަމަށްވާ ބްލެކްބިއާޑް ދުއްވި "ކުއީން އޭންސް ރިވެންޖް" އުޅަނދުންނެވެ. އެ އުޅަނދަކީ އޭގެ އަނދިރި ސިފައާއި ބިރުވެރިކަމުގެ ސަބަބުން މަޝްހޫރުވި އުޅަނދެއް ކަމަށް ދިރާސާގައި ބުނެފައި ވެއެވެ.
މީގެ އިތުރުން ކެޕްޓަން ބްލެކް ސޭމް ބެލެމީ ދުއްވި "ދަ ވައިޑާ ގެލީ" އުޅަނދަކީވެސް ބްލެކް ޕާލް ފަދައިން ބާރު ދުވެއްޔެއްގައި ދަތުރުކުރާ، އަދި ކަޅު ކުލައިގެ އުޅަނދެކެވެ. ހަގީގީ ކަނޑުފޭރޭ އުޅަނދުތަކުގެ ބޭރު ސޫފިތަކުން ރައްކާތެރިކުރުމަށްޓަކައި ކަޅު ތާރާއި ސަލްފާ އުނގުޅުމުގެ ސަބަބުން، އެ އުޅަނދުތައް އަބަދުވެސް ފެންނަނީ މަޑު ކަޅު ކުލައިގަ އެވެ. މިއީ ފިލްމުގައި ބްލެކް ޕާލް ކަޅުކޮށް ދެއްކުމަށް ބޭނުންކުރި މައިގަނޑު ސަބަބެވެ.
ފިލްމު އުފެއްދި ފަރާތްތަކުން ބްލެކް ޕާލްގެ ބިރުވެރި އަދި ރޫހާނީ ސިފަ އިތުރުކުރުމަށްޓަކައި ކަޅު ކުލައިގެ ވީދިފައިވާ ރިޔާ ފަދަ ހިޔާލީ ބައެއް ބަދަލުތައް ގެނައި ނަމަވެސް، މި އުޅަނދުން ރަމްޒުކޮށްދޭ އެންމެ މުހިންމު މާނައަކީ މިނިވަންކަމެވެ.
އޭރުގެ ރަސްކަންތަކުގެ ހަރުކަށި ގާނޫނުތަކާއި ނިޒާމުތަކާ ދެކޮޅަށް، ކަނޑުފޭރޭ އުޅަނދުތައް ހިންގަމުންދިޔައީ ކޮންމެ މީހަކަށްވެސް ވޯޓުލުމުގެ ހައްގު ލިބިގެންވާ ހަމަހަމައަށް ފައިދާ ލިބޭ "ކަނޑުމަތީގެ ޖުމްހޫރިއްޔާތަކެއް" ގެ ގޮތުގަ އެވެ. އެހެންކަމުން ބްލެކް ޕާލްއަކީ ހަމައެކަނި ފިލްމީ އުޅަނދެއް ނޫން ކަމަށާއި، އެއީ އޭރުގެ ބާރުތަކުގެ ކޮންޓްރޯލުން ނެއްޓި، މިނިވަން ދިރިއުޅުމެއް ހޯދުމަށް މަސައްކަތްކުރި ހަގީގީ މީހުންގެ ތާރީހީ ރަމްޒެއް ކަމަށް ދިރާސާގައި ބުނެފައި ވެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;