ads
އޮޔާޒަބާލް (21) ސްޕެއިން އަށް ލީޑު ނަގައިދިނުމަށް ފަހު އުފާފާޅުކުރަނީ. - ފޮޓޯ: އޭއެފްޕީ
ފްރާންސް ބަލިކޮށް، 16 އަހަރަށްފަހު ސްޕެއިން ވޯލްޑް ކަޕުގެ ފައިނަލަށް
ފްރާންސް 2-0 އިން ބަލިކޮށް، އެ ޓީމު ކަޓުވާލުމަށް ފަހު، ސްޕެއިނުން 16 އަަހަރަށް ފަހު، ފީފާ ވޯލްޑް ކަޕްގެ ފައިނަލުން ޖާގަ ހޯދައިފި އެވެ.
Advertisement

މިއީ އެންމެ ފަހު ޔޫރޯގެ ޗެމްޕިއަން ސްޕެއިންއަށް ބޮޑު ކާމިޔާބީއެކެވެ. އަދި 2010ގައި  ފުރަތަމަ ފަހަރަށް ވޯލްޑް ކަޕް ހޯދި ފަހުން މުބާރާތުގެ ފައިނަލަށް ދިޔަ ފުރަތަމަ ފަހަރު ވެސް މެ އެވެ.

ރޭގެ މެޗުގައި ސްޕެއިން ފުރަތަމަ ހާފުގައި ލީޑު ނެގީ ޕެނަލްޓީއަކުންނެވެ. މެޗުގެ 21 ވަނަ މިނިޓުގައި ލޫކާ ޑީން ހޫރާލި ފައި ބޯޅައިގައި ނުޖެހި ލަމީން ޔަމާލް ގައިގައި ޖެހުމުން ލިބުނު ޕެނަލްޓި ކާމިޔާބު ކޮށްދިނީ މިކެލް އޮޔާޒަބާލް އެވެ. މިއީ އޭނާ ވޯލްޑް ކަޕްގައި ޖެހި ފަސްވަނަ ގޯލެވެ.

އޭގެ ކުޑަ އިރުކޮޅެއް ފަހުން ފްރާންސްގެ ޑިފެންޑަރު ވިލިއަމް ސަލީބާއަށް އަނިޔާ ވެގެން އޭނާ ވަނީ ބަދަލު ކޮށްފަ އެވެ.

ފަހު ހާފުގައި މެޗުގެ 58 ވަނަ މިނިޓުގައި ސްޕެއިންގެ ދެވަަނަ ގޯލު، ޑެނީ އޮލްމޯ އާއެކު ތަނަވަސް ކުރި ފުރުސަތަކުން ޖެހީ ޕެޑްރޯ ޕޯރޯ އެވެ. އެއަށް ފަހު ލަމީން ޔަމާލް ގޯލެއް ޖެހި ނަމަވެސް ލައިންސްމަން ވަނީ އޭނާ އޮފްސައިޑް ކަމަށް ނިންމައިފަ އެވެ.

މެޗުގެ ފަހުކޮޅު ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ގިނަ ބަދަލުތަކެއް ގެނައި ނަމަވެސް، ސްޕެއިންގެ ވަރުގަދަ ޑިފެންޑަރުން ފޫއަޅުވާލެވޭ ގޮތެއް ނުވިއެވެ. ފްރާންސަށް ލިބުނު އެންމެ ރަނގަޅު ފުރުސަތުގައި އެމްބާޕޭ ފޮނުވާލި ހަމަލާ، ކީޕަރު ސިމޯން ވަނީ ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

your imageވޯލްޑް ކަޕުގައި ފްރާންސާއި ސްޕެއިން ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: ރޮއިޓަރސް


މި މެޗުން ފްރާންސް ބަލިވުމާ އެކު، މިއި، އެ ޓީމުގެ ކޯޗަކަށް ޑިޑިއޭ ޑެޝޯމްޕްސް ހުރި ފަހު މެޗެވެ. މި ފަހަރުގެ ވޯލްޑް ކަޕަށް ފަހު މަގާމުން ވަކިވާން ޑެޝޯމްޕްސް އޮތީ ނިންމައިފަ އެެވެ. 

ފައިނަލްގައި ސްޕެއިން ނުކުންނާނީ އާޖެންޓީނާ އާއި އިންގްލެންޑްގެ ސެމީ ފައިނަލުން މޮޅުވާ ބަޔަކާ ދެކޮޅަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;