ads
ލަންކާގައި އެޗްއައިވީ ފެތުރޭ މިންވަރު އިތުރުވަނީ
ސްރީ ލަންކާގައި އެޗްއައިވީ ޖެހޭ މީހުންގެ އަދަދު އަހަރުން އަހަރަށް އިތުރުވަނީ!
ސްރީލަންކާގައި އެޗްއައިވީ އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އަހަރުން އަހަރަށް އިތުރުވަމުންދާތީ ކޮމިއުނިޓީ ސްޕެޝަލިސްޓް ޑޮކްޓަރު ޑރ. ސަތުޔާ ހޭރަތު އިންޒާރު ދެއްވައިފި އެވެ.
Advertisement

މުޅި ދުނިޔެއަށް ބަލާއިރު އެޗްއައިވީގެ އާ ކޭސްތަކުގެ އަދަދު 2010 އިން 2024 އަށް 40 ޕަސެންޓް ދަށަށް ގޮސްފައި ވާއިރު ސްރީ ލަންކާގައި އަންނަނީ އޭގެ އިދިކޮޅަށް، 48 ޕަސެންޓް މައްޗަށް ކަމަށް އެންމެ ފަހުގެ ހިސާބުތަކުން ވެސް ވަނީ ދައްކައިފަ އެވެ.

ސްރީލަންކާގެ މިނިސްޓްރީ އޮފް ހެލްތުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޑރ. ހޭރަތު ވިދާޅުވީ، އެޗްއައިވީ އަށް ޕޮޒިޓިވްވާ މީހުން އެންމެ ގިނައިން ފެންނަނީ ކޮލަމްބޯ އާއި ގަމްޕަހާ ޑިސްޓްރިކްޓުން ކަމަށެވެ. އަދި ބަލިޖެހޭ މީހުންގެ ތެރޭގައި ގިނައީ ފިރިހެނުންކަން އޭނާ ފާހަގަކުރެއްވި އެވެ.

މިފަދަ ބަލިތަައް ލަންކާގައި ފެތުރުން ހުއްޓުވުމަށް އެޗްއައިވީ، އެސްޓީއައި، އަދި ހެޕަޓައިޓިސް އަށް އަމާޒުކޮށްގެން ކޮލަމްބޯ އާއި ގަމްބާހާ ޑިސްޓްރިކްޓްތަކުގައި ހާއްސަ މޮބައިލް ކްލިނިކް ޕްރޮގްރާމެއް ވަނީ ފަށައިފަ އެވެ. ހެލްތު މިނިސްޓްރީގެ ނޭޝަނަލް އެސްޓީޑީ/އެއިޑްސް ކޮންޓްރޯލް ޕްރޮގްރާމްގެ ދަށުން، ޕައިލެޓް ޕްރޮޖެކްޓެއްގެ ގޮތުގައި، މިކަން ފެށީ ޖެނުއަރީ މަހެވެ.

މި ޕްރޮގްރާމުގެ ދަށުން ބަލިމީހާގެ ރުހުމާއެކު، އޭނާގެ މައުލޫމާތު ހިމާޔަތްކޮށްދީގެން ހިލޭ ހިދުމަތްތައް ފޯރުކޮށްދެ އެވެ. ޓެސްޓު ރިޕޯޓުތަކުގެ ސިއްރު ހިފެހެއްޓުމަށް ފުރިހަމައަށް ސަމާލުކަންދޭއިރު، ބަލި ހުރިކަން ފާހަގަކުރެވިއްޖެ ނަމަ، އެއްވެސް އަގަކާ ނުލައި ބަލިމީހާއަށް ބޭނުންވާ އިރުޝާދާއި ފަރުވާ ފޯރުކޮށްދެވޭނެ އެވެ.

ދުނިޔޭގެ އެކި ހިސާބުތަކުގައި އެޗްއައިވީ ފެތުރޭ މިންވަރަށް ބަދަލުތައް އަންނަމުންދިޔަ ނަމަވެސް، 2023 ވަނަ އަހަރުން ފެށިގެން ސްރީލަންކާގައި މި ބަލި ރިޕޯޓްކުރާ މިންވަރު މަޑުމަޑުން އިތުރުވަމުންދާއިރު ކޮލަމްބޯ އާއި ގަމްޕަހާ ފަދަ އާބާދީ ބޮޑު ސަރަހައްދުތަކުގައި ބަލިޖެހޭ މީހުން ފެންނަ ނިސްބަތް އިތުރުކަން ކަމަށް ޑރ. ހޭރަތު ފާހަގަކުރެއްވި އެވެ.

މިހާރު އަންދާޒާކުރެވޭ ގޮތުން ނަމަ، އެޗްއައިވީ ހުރި 5،700 މީހުން މިހާރު ލަންކާގައި އުޅޭނެ އެވެ.

އެޗްއައިވީ ކޭސްތަކުގެ އަދަދު މައްޗަށް ދިޔަ ކަމުގައި ވިޔަސް ލަންކާގައި އަދިވެސް ބޮޑެތި މީހުންގެ އާބާދީގެ ތެރޭގައި އެޗްއައިވީ ހުރި މީހަކު ފެނުމުގެ ނިސްބަތް ހުރީ ވަރަށް ދަށުގަ އެވެ. އެއީ 0.1 ޕަސެންޓަށް ވުރެ ވެސް ދަށުގަ އެވެ.

އެޗްއައިވީ ކޭސްތައް ރިޕޯޓްކޮށްފައިވާ އަދަދު 2010 އިން ފެށިގެން 2024 ވަނަ އަހަރާ ހަމައަށް ވެސް މަތިވަމުން ގޮސްފައި ވާއިރު 2010 ވަނަ އަހަރު ރިޕޯޓްކުރި ކޭސްތަކުގެ އަދަދަކީ 121 އެވެ.

ލަންކާގައި މި ވައިރަސް ހުރި މީހުންނަށް ބަލާއިރު ގިނައީ ފިރިހެނުންނެވެ. އަދި 2010 އިން 2024 އަށް ބަލާއިރު އުމުރުން 15 އަހަރުން މަތީގެ ފިރިހެނުންނަށް އެޗްއައިވީ ޖެހުނު އަދަދު ނުވަ ގުނަ އިތުރުވެފައިވެ އެވެ. އެއީ 2010 ގައި 76 ގައި ހުރުމަށް ފަހު މިދިޔަ އަހަރު 722 އަށް އަރައިގެންނެވެ.

އުމުރުން 15 އަހަރާއި 24 އަހަރާ ދެމެދުގެ މީހުންގެ މެދުގައި 2010 ވަނަ އަހަރު 13 ގައި ހުރުމަށް ފަހު 2024 ވަނަ އަހަރު 115 އަށް ވަނީ ކޭސްތައް އިތުރުވެފަ އެވެ. އުމުރުން 20 އަހަރާއި 24 އަހަރާ ދެމެދުގެ ފިރިހެނުންގެ އަދަދު 10 އިން 91 އަށް ވަނީ މި މުއްދަތުގައި އިތުރުވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;