ads
ފޮޓޯ: ރައީސް އޮފީސް
40 އަށް ވުރެއް ގިނަ ސިފައިން ކޮވިޑް19 އަށް ޕޮޒިޓިވް ވެފައި އެބަތިބި: ޗީފް އޮފް ޑިފެންސް ފޯސް
ކޮވީޑް19 އަށް 40 އަށް ވުރެއް ގިނަ ސިފައިން ޕޮޒިޓިވް ވެފައިވާކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވެއްޖެ އެވެ.

މީޑިއާ އަށް ދެއްވި އިންޓަވިއުއެއްގައި ޝަމާލް ވިދާޅުވީ ކޮވިޑް-19 އިން ދިވެހިން ސަލާމަތް ކުރުމަށް އެންމެ ކުރީ ސަފަށް ސިފައިން ނުކުތީ ސިފައިންގެ ތެރެއިން ބަޔަކު ޕޮޒިޓިވްވާނެ ކަން އިނގިގެންކަމަށެވެ. މީގެ އިތުރުން ޝަމާލް ވިދާޅުވީ މިހާތަނަށް ސިފައިންގެ ތެރެއިން 40 އަށްވުރެއް ގިނަ ފަރާތްތައް ބައްޔަށް ޕޮޒިޓިވް ވެފައިވާކަމަށެވެ. 

ސިފައިން ރައްކާތެރިކުރުމަށްޓަައި ފޯސް ޕްރޮޓެކްޝަން ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވިފައި ހުރިކަން ފާހަގަކޮށް ޝަމާލް ވިދާޅުވީ އެންމެ ބޭސިކް ކަންކަމަށް އެންމެ ކުރިއްސުރެ ފެށިގެން ސިފައިން ހޭލުންތެރިކޮށް ސިފައިން ޓްރެއިން ކުރުމާއި، ވަކިވަކިން ސިފައިންގެ ތެރޭގައި ވެސް އައިސޮލޭޓްކޮށް، ކަރަންޓީން ކުރުމާއި ބެހޭކަންކަމުގައި މަޝްވަރާ ކޮށް ފަޔަވަޅުތައް އަޅާފައިވާކަމަށެވެ. 

ޝަމާލް ވިދާޅުވީ، ކުރިއަށް އޮތް ދުވަސްތަކުގައި ކޮވިޑް-19 ގެ ސާޖަކަށް ދާއިރު، އެހެން މުއައްސަސާތަކާ އެކު އެންމެ އިސްވެ މަސައްކަތް ކުރާނީ ސިފައިން ކަމަށާއި އެ މީހުން ތީބީ ތައްޔާރަށް ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް