ads
ފޮރިން މިނިސްޓްރީން ފެށިގެން ރަސްމީ ފާލަމާ ހަމައަށް ތާރު އެޅާފަ - ފޮޓޯ: އެމްޓީސީސީ
ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ރަސްމީ ފާލަމާ ހަމައަށް ތާރުއަޅައިފި
މާލޭގެ ބޮޑުތަކުރުފާނު މަގު ތަރައްގީ ކުރުމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން، ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ރަސްމީ ފާލަމާ ހަމައަށް ތާރު އަޅައި ނިންމާލައިފި އެވެ.
Advertisement

އެމްޓީސީސީން ބުނީ، މިމަޝްރޫއުގެ ތެރެއިން މިހާރު ކުރަމުންދަނީ ޕާކިން ޒޯނު ތަރައްގީކުރުމުގެ މަސައްކަތްތަކާއި ޕޭވްމަންޓު ހެދުމުގެ މަސައްކަތްތައްކަމަށެވެ. 

އެމްޓީސީސީން އިތުރަށް ބުނީ ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ރަސްމީ ފާލަމާ ހަމައަށް އޮންނަ ސަރަޙައްދުގައި ރޭތާރު އަޅާ ނިމިފައިވާތީ މިހާރު ކުރިއަށްދަނީ އެ ސަރަޙައްދުގައި މަގުގެ ނިޝާންތައް ކުރެހުމާއި، ސައިން ބޯޑުތައް ހަރުކުރުމުގެ މަސައްކަތްތައްކަމަށެވެ.

އެމްޓީސީސީގެ އަމާޒަކީ އެ މަގުގެ މަސައްކަތް އެއްކޮށް ނިންމައި މި މަހުގެ 26 ގެ ކުރިން އާންމުންނަށް ހުޅުވާލާ ލުމެވެ.

your imageބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން ތާރު އަޅާފައި - ފޮޓޯ: އެމްޓީސީސީ


ބޮޑުތަކުރުފާނު މަގުގައި ތާރު އަޅައި، ޒަމާނީ ފެންވަރަށް ހެދުމުގެ މަޝްރޫއުގެ ދަށުން ނޯތު ހާބަރުން ފެށިގެން ޖުމްހޫރީ މައިދާނާ ހަމައަށް ތާރު އަޅައި އެ ތަން މިހާރު އަންނަނީ ބޭނުންކުރަމުންނެވެ. އެ މަގު ފުޅާކުރުމުގެ ސަބަބުން އެ ސަރަހައްދުގެ ތޮއްޖެހުމަށް ވަރަށް ބޮޑަށް ލުޔެއް ވަނީ ލިބިފަ އެވެ.

ދައުލަތުގެ ބަޖެޓުން 144 މިލިއަން ރުފިޔާ ހަރަދުކޮށްގެން ބޭރު މަގު ހެދުމުގެ މަސައްކަތް ކުރަމުން އަންނައިރު އެއީ 455 ދުވަސް ތެރޭ ނިންމަން ޖެހޭ މަޝްރޫއުއެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;