ads
ބަންދުކުރި ގެއަކަށް ވެދެ ބޯން ތިއްބާ ހައްޔަރުކުރި ދެ މީހުން
ބަންދުކޮށްފައި ހުރި ގެއަކަށް ވެދެ ބޯންތިބި ބަޔަކު ހައްޔަރުކޮށްފި
މަސްތުވާތަކެތި ބޭނުންކުރުމަށާއި އެ ތަކެތީގެ ވިޔަފާރިކުރުމަށް ބޭނުންކުރަމުންދާ މައްސަލައާ ގުޅިގެން ސ. މަރަދޫފޭދޫ / އުއްމީދު 90 ދުވަހަށް ބަންދުކުރުމަށް ސ. މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓުން ނެރެފައިވާ އަމުރާ ހިލާފަށް އެ ގެއަށް ވަދެ ތިއްބައި، މަސްތުވާތަކެއްޗާއެކު 2 މީހަކު ހައްޔަރުކޮށްފިއެވެ.
Advertisement

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ސ.މަރަދޫފޭދޫ / އުއްމީދީވިލާ، އަހްމަދު ޝަރަތު (32އ) އާއި ސ.މަރަދޫފޭދޫ / ފަރިވިލާ، އާއިޝަތު ސަލީމް (37އ) އެވެ. މި ދެމީހުންގެ 

ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ މުއްދަތު ޖަހާފައެވެ. 

މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން ސ.މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓުންނެރުނު އަމުރާ ގުޅިގެން ސ.މަރަދޫފޭދޫ / އުއްމީދު ބަންދުކޮށްފައިވަނީ 2026 ޖޫން 15 ވަނަ ދުވަހުއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;