ads
ދިރާގުން ސައިބަސެކިއުރިޓީ ވަރުގަދަކޮށްދޭ އާ ހިދުމަތެއް
ދިރާގާއި "އީސެޓް" ގުޅިގެން ސައިބާ ޕްރޮޓެކްޓްގެ ނަމުގައި އާ ހިދުމަތެއް ތައާރަފުކޮށްފި އެވެ.
Advertisement

މި ހިދުމަތަކީ، ރާއްޖޭގެ ކުންފުނިތަކާއި އިދާރާތަކުގެ ސައިބަސެކިއުރިޓީ ވަރުގަދަ ކުރުމަށްޓަކައި، އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން، ސައިބަ ތްރެޓްތަކުން ރައްކާތެރިކަން ފޯރުކޮށްދޭ އެންޓަޕްރައިޒް-ގްރޭޑް އެންޑްޕޮއިންޓް ސެކިއުރިޓީ ސޮލިއުޝަނެކެވެ. 

ދިރާގުން ބުނި ގޮތުގައި މި ހިދުމަތަކީ ކޮންމެ ވިޔަފާރިއަކަށްވެސް ބޭނުންކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ސަބްސްކްރިޕްޝަން އުސޫލުން ފޯރުކޮށްދޭ ހިދުމަތެކެވެ.

މި ހިދުމަތް ބަހާލެވިފައިވަނީ ހަތަރު ޕެކޭޖަކަށެވެ. އެއީ ކޮންމެ ކުންފުންޏެއްގެވެސް މަސައްކަތުގެ ބާވަތަށާއި ބޭނުންވާ ރައްކާތެރިކަމުގެ މިންވަރަށް ބަލައި، އެންމެ އެކަށޭނަ ޕެކޭޖެއް އިހްތިޔާރު ކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުންނެވެ. މީގެ ސަބަބުން، ތަފާތު ސެކިއުރިޓީ ސޮލިއުޝަންތައް ވަކިވަކިން ބެލެހެއްޓުމުގެ ތަކުލީފާއި ހަރަދު ކުޑަވެ، ފަސޭހަކަމާއެކު އިތުބާރު ހިފޭ، ރަނގަޅު ފެންވަރުގެ ރައްކާތެރިކަން ހޯދޭނެ ކަމަށް ދިރާގުން ބުނެފައިވެ އެވެ.

ދިރާގުން ބުނީ މި ހިދުމަތުން ރާއްޖޭގެ ވިޔަފާރިތަކުގެ ޑިޖިޓަލް އިންފްރާސްޓްރަކްޗާ ރައްކާތެރިކުރުމަށް ދިރާގުން ދޭ އަހައްމިއްޔަތުކަން ހާމަވާނެ ކަމަށެވެ. އަދި ޓެކްނޮލޮޖީއަށް ބަރޯސާވާ މިންވަރު އިތުރުވަމުންދާ މި ޒަމާނުގައި، "ސައިބާ ޕްރޮޓެކްޓް" އަކީ ކުންފުނިތަކަށް އިތުބާރާއެކު ކުރިއަށް ދިއުމަށް ލިބިގެންދާ ވަރުގަދަ ބިންގަލެއްގެ ގޮތުގައި އެ ކުންފުނިން ބުންޏެވެ. 

ދުނިޔޭގައި ސައިބަ ތްރެޓްގެ ނުރައްކާތައް އިތުރުވަމުންދާ މި ދަނޑިވަޅުގައި، ސައިބަ ޕްރޮޓެކްޓް މެދުވެރިކޮށް ކުރިޔާލާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. މީގެ ސަބަބުން ކުންފުނިތަކުގެ މަސައްކަތްތަކަށް ހުރަސްއެޅޭ މިންވަރު ކުޑަވެ، މައުލޫމާތުތަކުގެ ރައްކާތެރިކަން ކަށަވަރުވެގެންދާނެ އެވެ.

މި ހިދުމަތާއި ގުޅޭ އިތުރު މައުލޫމާތު ދިރާގުގެ ވެބްސައިޓުން ލިބޭނެ އެވެ.


 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;