ކުޅުދުއްފުށި ސިޓީ ކައުންސިލުން މި މައްސަލަ ސިވިލް ކޯޓަށް ހުށަހެޅީ މިދިޔަ ޖޫން މަހުގަ އެވެ. އެ ކައުންސިލުން ފެނަކައިގެ މައްޗަށް ދައުވާކުރީ ލާމަރުކަޒީ ގާނޫނުގައި ރަށެއްގެ ރައްޔިތުންނަށް ކަރަންޓްގެ ހިދުމަތް ފޯރުކޮށް ދިނުމަކީ ކައުންސިލްގެ ޒިންމާއެއް ކަމަށް ބަޔާންކޮށްފައި ވާތީ، އެ ހިދުމަތް ތިންވަނަ ފަރާތަކުން ފޯރުކޮށްދޭ ނަމަ، އެ ފަރާތާއި ކައުންސިލާ ދެމެދު އެއްބަސްވުމެއް އޮންނަންވާނެ ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވާތީ އެކަމަށް ހަވާލާދީއެވެ.
އެހެން ނަމަވެސް ފެނަކައިން އެއްބަސްވުން ހެދުމަށް ދެކޮޅު ހަދަމުން ދިޔައީ، އެ ކުންފުންޏަކީ ރައީސްގެ ގަރާރަކުން ރަށްތަކެއްގައި ފެނާއި ނަރުދަމާއާއި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށް އުފައްދާފައިވާ ކުންފުންޏަކަށް ވާތީ، ލާމަރުކަޒީ ގާނޫނުގައި ބަޔާންކުރާ ތިންވަނަ ފަރާތުގެ ގޮތުގައި ފެނަކަ ކުންފުނި ނުހިމެނޭނެ ކަމަށް ބުނެ އެވެ.
މި ކޭސްގއި ސިވިލް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ ފެނަކައިން ކުޅުދުއްފުށީގައި ކަރަންޓުގެ ހިދުމަތް ދެމުން ގެންދަނީ އެ ކުންފުނީގެ އަމިއްލަ އިހުތިޔާރުގައި ނޫން ކަމަށާއި ސަރުކާރުން އެ ކުންފުންޏަށް އެ ޒިންމާ ހަވާލުކުރެވުމުން ކަމަށެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;