އައިލެންޑް އޭވިއޭޝަން ސާވިސަސްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އައިޝަތު ޖެނިފާ ވަކިކޮށްފައިވަނީ، 2024 ވަނަ އަހަރުގެ ޖަނަވަރީ މަހުއެވެ. އޭނާއަށް ވަޒީފާ އަލުން ދޭން ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމީ އެ އަހަރުގެ އޮކްޓޫބަރު މަހުއެވެ. އެ ނިންމުން ހައިކޯޓަށް ހުށަހެޅީ އައިލެންޑް އޭވިއޭޝަނުންނެވެ. ހައިކޯޓުގައި މައްސަލަ އޮންނަތާ ދެ އަހަރަށްވުރެ ގިނަ ދުވަސްވެފައިވާއިރު، އަޑު އެހުން ފެށީ މިއަދުއެވެ.
މި މައްސަލައިގައި ޓްރެބިއުނަލުން ނިންމާފައިވަނީ ޖެނިފާ އަދާކުރަމުންދިޔަ ވަޒީފާއަށް އޭނާ އަނބުރާ ރުޖޫއަ ކުރުމާއި ޖެނިފާއަކީ އެއްވެސް ހާލަތެއްގައި ވަޒީފާއިން ވަކިވެފައިވާ ފަރާތެއްކަމުގައި ނުބެލުމަށާއި އޭނާ ވަޒީފާގައި ހުރި ނަމަ ލިބޭނެ އެންމެހާ މުސާރައާއި އިނާޔަތްތައް ނަގައިދިނުމަށެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;