ads
"ސިގްނޭޗާ ރިސާޗް ސްކޮލަޝިޕް" ހަވާލުކުރުމުގެ ތެރެއިން
ދިވެހި ތަރިކަ ދިރާސާކުރުމަށް، މި އަހަރުވެސް ސްކޮލަޝިޕް ދެނީ
ދިވެހި ތަރިކަ ދިރާސާކުރާ ގައުމީ މަރުކަޒުން ދޭ "ސިގްނޭޗާ ރިސާޗް ސްކޮލަޝިޕް" އަށް ކުރިމަތިލިމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
Advertisement

ތަރިކަ ދިރާސާކުރާ ގައުމީ މަރުކަޒުން ބުނީ ދިވެހި ތަރިކައަށް ހާއްސަ ސިފަތައް ހޯދައި ދެނެގަތުމަށް އަމާޒުކުރެވިގެން ހުޅުވާލެވޭ "ސިގްނޭޗާ ރިސާޗް ސްކޮލަޝިޕް" ފުރުސަތުތަކަކީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ މާސްޓާސް ޑިގްރީއެއް ހާސިލުކުރެވޭގޮތަށް، ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުން ސްޕޮންސާކުރާ ރިސާޗް މަސައްކަތްކުރުމުގެ ފުރުސަތެއްކަމަށެވެ. މި ސްކޮލާޝިޕަކީ ދިވެހި ތަރިކައިގެ ޢިލްމު އުފެއްދުމާއެކު، ޤާބިލު ތަރިކަވެރީންތަކެއް އުފެއްދުމުގެ މަޤުސަދުގައި ހިންގާ މަޝްރޫއެެއްކަމަށްވެސް އެ މަރުކަޒުން ބުނެއެވެ. 

މި ސްކޮލާޝިޕްގެ ދަށުން ހިންގާ ރިސާޗް މަސައްކަތްތަކުގެ މުއްދަތަކީދެ އަހަރުކަމަށް ތަރިކަ ދިރާސާކުރާ ގައުމީ މަރުކަޒުން ބުނެއެވެ. އަދި ރިސާޗް މަސައްކަތުގައި ކޮންމެ މަހަކު އެއްފަހަރު ދެ ދުވަހު ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުގައި ދާއިރާގެ މަސައްކަތްކުރަން ޖެހޭނެކަމަށްވެސް ގައުމީ މަރުކަޒުން ބުނެއެވެ. މި ސްކޮލާޝިޕްގައި ދިރާސާކުރާ މައުލޫއު ކަނޑައަޅާނީ ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުންކަމަށް އެމަރުކަޒުން ބުނެއެވެ. 

އެ ސްކޮލަޝިޕަށް ހޮވޭ ފަރާތްތަކުން ބައިވެރިވާ ކޯހުގެ ފީ ދައްކައި، އެ މީހުން ދިރާސާ މަސައްކަތްކުރާނެ ތަނެއް ގައުމީ މަރުކަޒުން ހަމަޖައްސައިދޭނެއެވެ.

މި ސްކޮލާޝިޕަށް ކުރިމަތިލާން އެދޭ ފަރާތްތަކުން މިމަހު 23 ވާ، ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00ގެ ކުރިން  ހުށައެޅުމަށް ތަރިކަ ދިރާސާކުރާ ގައުމީ މަރުކަޒުން އެދެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;