ads
ދަރިފުޅު - 36 ވަނަ ބައި
އެޕިސޯޑް 36
Advertisement

"އަންހެން ކުދިންގެ ތެރެއިން ދެ ކުއްޖަކު އެއީ ދިވެހި ދެ ކުދިންކަމަށް އަހަރެންގެ ހިތް ބުނި.. އެމީހުންނާއި އަހަރެންގެ ތަފާތަކީ ކޮބައިކަން، މި ވަގުތުވެސް އެ ދަނީ ހާމައަށް ފެންނަމުން.. ވިޔާނުދާ ފިރިހެނަކު ގަޔާވެދާނެ ފަދަ ހުތުރު އެތަށް މައްޒަރެއް އެކުދިން ދިޔައީ ދައްކަމުން.. އެއްވެފައިވާ އަންހެން ކުދިންތަކާއި ދިމާއަށް އެއިގެ ތެރެއިން ދެމީހުން ދުއްވައިގެން ވަގުތު އެއިން އެކަކުގެ ފޯނު، އަތުން ދޫވެގެން ވެއްޓުނީ އަހަރެންނާއި ދާދި ގާތަށް.. އެ މީހާގެ ފޯނު ވަރަށް ހޯދި.. އެކަމަކު އޭނާގެ ލޮލާއި ފޯނު އަމާޒު ނުވުމުން، އޭނާއާއި ހަވާލުވެފައިވާ ޒިންމާ އަދާކުރުމަށް ދުއްވައިގެންފި.. އަހަރުމެން އެންމެންނަކީ، ބޮޑު އަގުގައި ގަނެފައި ތިބި ބައެއްކަން އެމީހުންގެ 'ކޮށި ދިވެހި ބަހުން' ބުނަން ފެށީ ކީއްވެކަމެއް އަހަންނަކަށް ނޭގެ..! ކުއްލިޔަކަށް އެމީހާގެ ފޯނު ސްކްރީން ދިއްލެއް ފެށުމުން އެއިގެ ސްކްރީނަށް އަހަރެން ބަލައިލިން.. 'އޭޖެންޓް' ޖަހާފައި އޮތުމުން ދެ ލޯ ބޮޑުކޮށްލާފައި ބަލައިލެވުނީ ފޯނުގެ ސްކްރީނުން ފެންނަމުން ދިޔަ ފޮޓޯއަށް.. މާލިކްއަށް އެނގޭތަ..؟ ފޯނުގެ ސްކްރީނުން އެ ފެނުނު އޭޖެންޓަކީ އަހަރެންގެ މަންމަ..!" 

ބުނެދެމުންދިޔަ ހާދިސާތަކުން އަހަރެންގެ ދެ ކަންފަތަށް ތޫނު ތަދެއް އިހްސާސްވި އެވެ. މަންމައަކު އޭނާގެ އުފަން ދަރިޔަކަށް މިވަރުގެ އަނިޔާއެއް ދޭކަމުގެ ވާހަކަ، ލިޔުމަކުން ނުވަތަ ހަބަރަކުން ފެނުނުކަމުގައިވިޔަސް އަހަރެން ގަބޫލެއް ނުކުރާނަމެވެ. 

އެކަމަކު މިއީ ހިޔާލީ ލިޔުމެއް ނުވަތަ ހިޔާލީ ވާހަކައެއް ނޫނެވެ. އަހަރެންގެ ކައިރާ މި ދުނިޔޭގައި ތަހަންމަލް ކޮށްފައިވާ އަނިޔާގެ ހަގީގީ މަންޒަރުތަކެވެ. އަޑުއަހަން ކަންފަތަށް ކެތް ނުވިޔަސް، އެ އަނިޔާއާއި ވޭނާއި އެ ބިރުވެރިކަން އަހަރެންގެ ކައިރާ ތަހަންމަލް ކޮއްފި އެވެ.

ކައިރާގެ ލޮލުން މީގެ ކުރީން އޮހޮރެމުންދިޔަ ކަރުނަ ހިކުނުތާ ކިތަންމެ އިރެކެވެ. ކޮށްފައިވާ އަސަރު ދުލުން ބުނެދޭކަށްވެސް ނުޖެހެ އެވެ. އޭނާގެ ހާލު އަހަންނަށް އިހްސާސްކުރެވެ އެވެ.

"ރެސްޓޯރެންޓުން އެންމެ ފަހު ރޭ އަހަރެން ކެއި ފަހުން ބޮލަށް ބަރުވެ، ހަށިގަނޑަށް ވަމުންދިޔަ އުނދަގޫ ތަކާއި، އައި ބަދަލުތަށް ހަނދާންވެ، އެއީ އިއްތިފާގެއް ނޫންކަން ޔަގީންކުރާން ހިނދުކޮޅެއްވެސް ބޭނުމެއް ނުވި.. އަހަރެން އުޅޭތަނެއް ކޮންމެވެސް ގޮތަކުން ހޯދައިގެން، އެކަން ކުރީ 'އަހަރެންގެ މީހުން'ކަން ޔަގީން ވެއްޖެ..! ކޮންމެއަކަސް، ސިއްރު ސިއްރުން އެ ފޯނު އޮތް ތަނުން ނަގާފައި އެކާވީސްއެގާރައަށް ގުޅިން..! އެ ކޯލަށް ވާހަކައެއް ނުދައްކަން.. އެކަމަކު އެ ކުޑަ ބޯޓު ނުވަތަ ދޯނީގައި ހިނގަމުން ދިޔަ ހުރިހައި ކަމެއްގެ މަންޒަރު، އެ ކޯލުން ސާފުވާނެކަން ޔަގީން ކުރިން.. ފުލުހުންގެ އެހީތެރިކަން ލަސްވިޔަސް، ވަގުތު ފާއިތުވިޔަސް، އިން ޝާ ﷲ، އިންސާނީ ވަގުވިޔަފާރީގެ ނުރައްކާތެރި މި މުސީބާތުން ސަލާމަތްވާނެކަން އަހަރެންގެ ސިކުނޑިއަށް ވިސްނައިދިނިން..! އަހަރެން އަނބުރައިގަންފައި އޮތްކަމަށް ނިންމާފައި، އެ ހާލަތަށް އަޅައިލި މީހަކު ނެތުމަކީ އަހަރެންގެ ނަސީބު ކަމެއް ނުވަތަ ތަގުދީރުގައި ރޭވި ލިޔެވެމުންދިޔަ މުޅިން 'އައު ސަފްހާއަކަށް' ވެދާނެކަން ވިސްނައިގަންނާކަށް އެ ވަގުތު ނޭނގުނު.. މާބަނޑު އަންހެން މީހާއަށް އެހީތެރިވުމަށް އުޅުނު ހުރިހައި އަންހެންކުދިން ގަދަބާރުން އެއްފަރާތްކޮށް، އެމީހުންގެ ބޯ މައްޗަށް ދަލެއް އެއްލައި، އެ ދަލުގައި އަޅުވާފައި އޮތް ވާގަނޑަކުން ކޮންމެވެސް ތަނެއްގައި އައްސާފައި، އެމީހުން އެކަން ކުރަން ގެންގުޅުނު ބޮޑު ވަޅި އެއްލީ އެ އަންހެން މީހާއާއި ދިމާއަށް.. ތޫނު އެ މިޔައިން އޭނާ ސަލާމަތްކުރެއްވީތީ، ﷲގެ ހަޒްރަތަށް ހަމްދާއި ޝުކުރުކުރިން..! ފޭދެމުން ދިޔަ ކަޅު ރަތް ކުލައިގެ ލޭގެ ކޯރުގައި ވަޅި ފެނުނީ، ބިރުވެރި ހުވަފެނެއްގެ ގޮތުގައި.. އިރުކޮޅެއް ނުވެ، ދެ ފިރިހެނުން ކުރިމަތިލީ، ދަރިއަކު އުފަންކުރުމުގެ ވޭނުގައި އޮތް އަންހެން މީހާއާއި..! އޭރު އޭނާގެ ދަރިފުޅުގެ ބޯ  އޮތީ ބޭރަށް ނިކުމެފައި.. މުޅި ތަނުގައި ކޯރު ދެމެމުން ދިޔަ ލޭ ގެ ބިރުވެރި ވިދުން، ކާއިނާތުގައި ނުހަނު ދުރުދުރުގައި ފިޔަޖަހަމުންދިޔަ ތަރިތަކުގެ ފަނޑު އަލިކަމުގައިވެސް އޮތީ ހާމައަށް ފެންނާން.. އެ އަންހެން މީހާގެ ރުއިމާއި ގަދަ އަޑުގެ ބިރުވެރިކަމުން، މާސިންގާ ކަނޑުވެސް ހިމޭންވީ އޭނާއަށްޓަކައި ނިއުމަތެއްގެ ގޮތުގައި... ބިޔަ ރާޅުތަށް މައިތިރިވެ، ކަޅުކުލައިގެ ކަނޑުގައި ހިމޭންކަމުގެ ސާލެއް ފަތުރާލާފައި އޮތްފަދަ.. ބިރުވެރިކަމާއި ރުއިމާއި ވޭނުގެ އަޑުގެ ތެރެއިން މަލާމާތާއި ފުރައްސާރައިގެ އަޑު ނޫނީ ކަންފަތަށް ނީވޭ.. އަހަރެންގެ ހަރަކާތްތައް ބަލަން މީހަކު ހުއްޓަސް، އެކަމުގެ އަދަބެއްގެ ގޮތުގައި ކޮންމެ އަޒާބެއް ދެއްކިޔަސް ވަރިހަމަކޮށްލާފައި ކޮޅަށް ތެދުވިން.. ލިބުނީ އާދަޔާ ހިލާފު ބާރެއް..!

އެހީތެރިއަކު ނެތި، އެކަނިމާއެކަނި ދަރިއަކު އުފަންކުރަން މަޖުބޫރުވާ ހާލަތެއްގެ ފިލްމީ މަންޒަރެއް ސިފަކޮއްލިޔަސް، މުޅި ގައިން އޮއްދާ ހިއްލާ..! އަހަރެންގެ ލޯ ކުރިމަތީން ފެންނަމުން ދިޔައީ ހަގީގަތް...! މަލާމާތުގެ ހުތުރު ބަސްތަކާއި، ގަދަ އަޑުން ހެމުން، އެ ބިރުވެރި މަންޒަރު ވީޑިއޯ ކޯލަކުން އެމީހުންގެ ބޮސްއަށް ދައްކަމުން ދިޔަ ހާދިސާ މިއަދުވެސް އަހަރެންގެ ލޮލަށް ސިފަވޭ.." 

ކައިރާގެ ލޮލުގެ ކަރުނަ ހިކިފައިވިޔަސް، ހަތަރެސްފަޔާއެކު މުޅި މީހާ ތުރުތުރު އަޅަ އެވެ. ނަމަވެސް ބުނެދެމުންދިޔަ ނުރައްކާތެރި ހާދިސާގެ ބިރުވެރި ވާހަކަތަށް ހުއްޓުވުމުގެ ބާރެއް އަހަންނަކަށް ނުލިބުނެވެ. އެ އަޑުތަކާއި އެ މަންޒަރުތަށް އެހެން މީހަކާއި ހިއްސާ ނުކުރަނީސް އޭނާގެ ހަޔާތުގެ ނައު އަމާން މަންޒިލަކަށް ބަނދު ނުކުރެވޭނެކަން  ޔަގީނެވެ. 

ބުރަކަށީގައި ފިރުމާލާފައި ކައިރާއަށް އިތުރަށް ހިތްވަރު ދިނީމެވެ. 

ފުންނޭވާލަމުން ހިންދިރުވާލި އެވެ. އުނދަގުލުންވެސް އޭނާ ބުނެދޭން ބޭނުން  ވާހަކަތަކެއް އަދިވެސް ހުރިކަން ޔަގީނެވެ. 

"އަހަރެން ދުވެފައި ގޮސް، ލެއިން ތަތްތެޅިފައި އޮތް ވަޅި ނެގިން.. ޖެހިލުމެއް ނުވާކަން ދައްކަމުން، ނުބައި ނުލަފާ އެ ދެ ޖަނަވާރުންނާއި ކުރިމަތިލިން.. ކުރިއަށް އެންމެ ފިޔަވަޅެއް އެޅިޔަސް ވަޅިން ހަމަލާދޭނެކަމަށް އަހަރެން ބުނިން.. އެއް އަތުން އެ ވަޅި ހިފައިގެން އަނެއް އަތުން އަންހެން މީހާގެ ކޮނޑުގައި ފިރުމައިލިން.. އެވަގުތު އޭނާގެ ކުއްލި ހަރަކާތަކާއެކު އަހަރެންގެ އަތުގައި ބާރަށް ހިފެހެއްޓި.. އޭނާގެ އަތް އަހަރެންގެ ގައިގައި ޖެހުނު ވަގުތު، ކަންފަތަށް އިވުނު އާހްގެ އަޑު އެހެން އިންސާނެއްގެ ހިނދުރިއަށް ފޯރިކަމެއް ނޭގެ.. އެއީ ބުނެދޭން ނޭނގޭ، ސިފަކުރާން ނޭގޭ، ޖަޒްބާތެއް! އެ ހިފަހައްޓާލުމުގެ މާނައަކީ އިންޒާރެއްކަން، ނުވަތަ އެދުމެއްކަން، ނޫނީ އާދޭހެއްކަން ނިންމާކަށް ނޭނގުނު.. ކުއްލިޔަކަށް ހަމަ އެހިނދުގައި، މަންޒަރު ބަލަންތިބި ދެމީހުންގެ ތެރެއިން އެކަކު އަހަންނާއި ކުރިމަތިލީ ބިރުދައްކާލުމަށް.. ލިބިފައި ހުރި ގަދަ ބާރާއި ހިތްވަރުގައި އަހަރެން މަޅައިލި ވަޅިން ޖެހުނީ އޭނާގެ ކަށިމަތީގައި.. ލިބުނީ ކިހައި ވަރެއްގެ ޒަހަމެއް ކަމެއް ނޭގެ.. އަހަރެންގެ އެ އަމަލަކީ އަމިއްލަ އިހްތިޔާރުގައި ކުރެވުނު ކަމެއްތޯ ނޫންތޯ ސުވާލުގެ ޖަވާބު އަދިވެސް ނުލިބޭ! އެމީހާގެ ގަދަ ރުއިމުގެ އަޑާއެކު ދެން ހުރި މީހާ ދުއްވައިގަތީ، ޒަހަމަށް އަވަސް ފަރުވާއެއް ދެވޭތޯ.. ލިބުނު ވަގުތުގައި ކާކުކަން ނޭގޭ އަންހެން މީހާގެ ދަރިފުޅު އުފަންކުރުމަށް އެހީތެރިވުމުގައި އަހަރެން އަވަސްވެގަތީން.. އަހަންނަކީ ސައިންސް ކިޔެވި ކުއްޖަކަށްވާތީ، ލިބިފައި ހުރި ތައުލީމުގެ އެންމެ ފުރިހަމަ ބޭނުން އެވަގުތު ހިފިން.. އުފަންވި ދަރިފުޅުގެ ރުއިމުގެ އަޑާއެކު އަންހެން މީހާގެ އެސްފިޔަ ލެއްޕިގެން ދިޔައީ އެންމެ ޖުމުލައަކާއިއެކު..

'މި ދަރިފުޅުގެ މަންމައަކީ ތިއީ'..!" 

އެތަށް އިރަކު ގަނޑުވެފައި ހުރި ކަރުނައިގެ ކޯރު ކައިރާގެ ލޮލުން ދެމިގަތީ އަހަރެންގެ ހިތް ފުނޑުކޮށްލާފައި އެވެ.

ނަމަވެސް ސިހުމާއި ހައިރާންކަމާއި އަޖައިބާއި ކަރަންޓު ޝޮކްތަށް ލިބުނީ ކުރިއަކުން ނޫނެވެ. ދެ ލޯ މަރައި ތަގުޅިކޮށްލާފައި ކައިރާ ދެން ބުނެލި ޖުމުލައިން އަހަރެންގެ ކަންފަތަށް ހޮނު ގުގުރިއެއް ޖަހައިލިފަދަ އެވެ.

"އެ ކުއްޖަކީ ބީނިޝް.. އަހަރެންގެ ދަރިފުޅު ބީނިޝް"

"ވަޓް ދ **... (ނުނިމޭ)

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;