ads
ރައީސް މުއިއްޒު
60،000 މަތިން މުސާރަ ލިބޭ މީހުންނަށް އާސަންދަ އެއްކޮށް ދެން ނުލިބޭނެ
60،000 މަތިން މުސާރަ ލިބޭ މީހުންނަށް އާސަންދައިން ދޭ ހުރިހާ ހިދުމަތެއް ދެން ނުލިބޭނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
Advertisement

މިހާރު ރައީސް އޮފީހުގައި ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ 60،000 މަތިން މުސާރަ ލިބޭ މީހުންނަށް އަންނަ މަހުން ފަށައިގެން އާއްމު ރައްޔިތުންނަށް އާސަންދައިން ދޭ ހުރިހާ ހިދުމަތްތަކެއް ނުލިބޭނެކަމަށެ ވެ. 

މި ބަދަލާއި އެކު 60،000 މަތިން މުސާރަ ލިބޭ ފަރާތްތަކުން އާސަންދަ ލިބޭނީ ކޯ ޕޭ ނުވަތަ ޕްރީ ޕޭ ނިޒާމެއްގެ ތެރެއިންކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ. 

" އޭގެ ސަބަބުން އަހަރު ދުވަހުގެ ތެރޭގައި 287 މިލިއަން ރުފިޔާ ރައްޔިތުންގ އެހެނިހެން ކަންކަމަސް ހަރަދުކުރަން ސަލާމަތް ކުރެވޭ. އެހެންކަމުން މުއްސަދިން އިންކަމް ޓެކްސް ޕޭ ކުރާ ފަރާތަކަށް ކޮންމެހެން އާއްމުންނަށް ލިބޭ ގޮތަށް ހުރިހާ ކަމެއް ފްރީކޮށް ލިބޭކަށް ނުޖެހޭ" ރައީސް މުއިއްޒު ވިދާޅުވި އެވެ.

މި ބަދަލު އަންނަމަހުން ފެށިގެން ގެންނާނެކަމަށާއި އެއާއި އެކު މިއަހަރުގެ ތެރޭގައިވެސް ބޮޑު ބައެއް ސަލާމަތް ކުރެވޭނެކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ. 

ފިނޭންސް މިނިސްޓްރީން އެންމެފަހުން އާއްމުކުރި ހިސާބުތައް ދައްކާގޮތުން، މިދިޔަ މަހު އާސަންދައަށް ކުރި ހަރަދު 13.5 އިންސައްތަ އިތުރުވެ 1.43 ބިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ. މީރާގެ ޖުލައިމަހުގެ ހިސާބުތައް ދައްކާގޮތުން އާމްދަނީން ނަގާ ޓެކުހުގެ ގޮތުގައި 799 މިލިޔަން ރުފިޔާ ވަނީ ލިބިފަ އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;