ads
ކެބިނެޓް ބައްލުވުމެއްގެ ތެރެއިން
ދިރާގުގެ މެޖޯރިޓީ ހިއްސާ އާއި އެމްޑަބްލިއުއެސްސީގެ ހިއްސާ ސަރުކާރުން ގަންނަނީ
އެމްޑީޕީ ސަރުކާރުން ވިއްކާލި ދިރާގާއި އެމްޑަބްލިއުއެސްސީގެ ހިއްސާ އަނބުރާ ހޯދުމުގެ މަސައްކަތް ފަށާފައިވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
Advertisement

ރައީސް އޮފީހުގައި މިހާރު ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ދިރާގުގައި އޮންނަ ސަރުކާރުގެ ހިއްސާ 51 ޕަސެންޓަށް ބޮޑުކުރަން ނިންމާފައިވާ ކަމަށެވެ. 

އެމްޑަބްލިއުއެސްސީގެ %80 ހިއްސާ ބޭރު ކުންފުންޏެއްގެ ދަށުގައި އޮންނައިރު، އެ ކުންފުންޏަކީ %100 ސަރުކާރު ހިއްސާވާ ކުންފުންޏަކަށް ހަދަން ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. 

"އިރާދަކުރެއްވިއްޔާ ވަރަށް ސްމޫތްކޮށް، ވަރަށް ކާމިޔާބުކަމާއި އެކީގައި މި ދެ މަސައްކަތް ކުރިއަށް ގެންގޮސް ނިންމާލެވޭނެ،". ރައީސް ވިދާޅުވި އެވެ.

ރައީސް މިހެން ވިދާޅުވެފައިވާއިރު މިހާރު ދިރާގުގައި އޮންނަނީ ދިވެހި ސަރުކާރުގެ %41.8 ހިއްސާއެވެ. އެ ކުންފުނީގެ މެޖޯރިޓީ ހިއްސާ ތަމްސީލް ކުރަނީ ބީޓީސީ އައިލެންޑް ލިމިޓެޑުންނެވެ. އަދި އެމްޑަބްލިޔުއެސްސީގެ %80 ހިއްސާ ދިވެހި ސަރުކާރުން ތަމްސީލް ކުރާއިރު ބާކީ %20 ހިއްސާ ތަމްސީލް ކުރަނީ ހިޓާޗީ ގްރޫޕުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;