ads
ރޯޑް ކޯޕަރޭޝަން ލިމިޓެޑް (އާރްޑީސީ) މިހާރުގެ އިސް ބައެއް ވެރިން
އާރްޑީސީ އުވާލައި އެމްޓީސީސީއާ އެއްކޮށްލަން ސަރުކާރުން ނިންމައިފި
ރޯޑް ކޯޕަރޭޝަން ލިމިޓެޑް (އާރްޑީސީ) އުވާލައި އެ ކުންފުނި އެމްޓީސީސީ އާއި އެއްކޮށްލަން ނިންމައިފި އެވެ.
Advertisement

މިއަދު ރައީސް އޮފީހުން ހާމަކުރި ގޮތުގައި މި ބަދަލާއެކު އާރްޑީސީން ކުރަމުން އައި މަސައްކަތްތައް އެމްޓީސީސީގެ ދަށަށް ބަދަލުކޮށް މަގު ހެދުމުގެ ހުރިހާ ކަމެއް ދެން ކުރާނީ އެމްޓީސީސީން ކަމަށް ބުންޏެވެ. މީގެ އިތުރުން: 

  • އެގްރޯނެޓް: މިފްކޯގެ ސަބްސިޑިއަރީ ކުންފުންޏަކަށް ބަދަލުކުރަން ވެސް ނިންމިކަން އިއުލާންކުރި 

"ޑުޕްލިކޭޝަން ވަރަށް ގިނަ. ހަރަދު ވަރަށް ބޮޑު. އެހެންކަމުން އެފިޝިއެންޓް ނިޒާމެއްގެ ތެރެއިން އުމްރާނީ މަސައްކަތްތައް ޑެލިވާ ކުރުމަށްޓަކައި މި ބަދަލު މިގެންނަނީ. އާރްޑީސީ އުވާލެވި އެމްޓީސީއާ އެއްކޮށްލެވި އެމްޓީސީސީގެ ސަރުކާރު ހިއްސާ ބޮޑު ކުރެވި ރައްޔިތުންނަށް މީގެ ފައިދާތައް ލިބިގެން ދާނެ،" ރައީސް ވިދާޅުވި އެވެ.

ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުންފުނީގެ މަސައްކަތްތަކާއި ނުބައްދަލު މިންވަރަކަށް މުވައްޒަފުން ނެގުމުގެ ސަބަބުން ކުންފުނިތަކަށް ބޮޑެތި ގެއްލުންތައް ވަނީ ކުރިމަތިވެފަ އެވެ. ސިޔާސީ މަންފާއަށްޓަކައި ސަރުކާރުތަކުން އިންތިހާބުތަކާއި ދިމާކޮށް ކުންފުނިތަކަށް މީހުން ނަގާއިރު އެފަދަ ގިނަ ވަޒީފާތަކުގައި ކުރާނެ މަސައްކަތެއްނެތި، ބޮޑެތި މުސާރަތައް ދޭން ޖެހުމުގެ ކަންބޮޑުވުން އާންމުންގެ އޮވެ އެވެ.

މި މައްސަލައާއި ގުޅިގެން ކުންފުނިތައް "ރައިޓް ސައިޒް" ކުރުމަށްޓަކައި ސަރުކާރުން ވަނީ، މީގެކުރިންވެސް އެފަދަ ކުންފުނިތަކުގައި މަސައްކަތެއްނެތި ތިބި މުވައްޒަފުން ވަކިކުރުމުގެ މަސައްކަތްކޮށްފަ އެވެ. ސަރުކާރުން މިހާރުވަނީ، މިމަސައްކަތް އިތުރަށް ފުޅާކޮށް ބައެއް ކުންފުނިތައް އުވާލާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;