ދިރާސީ އައު އަހަރުގެ ކިޔެވުން ނިންމާ މިއަދު ދަރިވަރުންނަށް ރިޕޯޓުފޮތް ދީފައިވާއިރު، ޗުއްޓީއަށްފަހު ދެވަނަ ޓާމުގެ ކިޔެވުން ފެށޭނީ އޮގަސްޓް 2ގަ އެވެ. އެހެންކަމުން ދަރިވަރުންނަށް 16 ދުވަހުގެ ޗުއްޓީއެއް ލިބޭނެ އެވެ.
މިނިސްޓްރީން ބުނި ގޮތުގައި ސަރުކާރުގެ 217 ސްކޫލުގައި 81،000 އަށްވުރެ ގިނަ ދަރިވަރުން ކިޔަވަމުން އަންނައިރު އެ ދަރިވަރުންނަށް ކިޔަވައިދިނުމަށް 9،950 ޓީޗަރުން ހަރަކާތްތެރިވެ އެވެ.
ކުރިއަށް އޮތް އަހަރުތަކުގެ ތާވަލަށް ބަލާއިރު، 2027 ވަނަ އަހަރުގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ 17 ގައެވެ. މިއީ ދިރާސީ ކަލަންޑަރަށް ގެނެވުނު ބަދަލުތަކާ އެއްގޮތަށް ތަރުތީބުކުރެވިފައިވާ ތާރީހުތަކެކެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;