ގުޅިފަޅުން ގޯތި ލިބިފައިވާ މީހުން އާ ރަޖިސްޓަރީ އާއި އެގްރީމަންޓުގައި ސޮއިކުރުމަށް ދިގު މުއްދަތެއް މިދިޔަ އަހަރުގެ ފަހުކޮޅު ވެސް މިނިސްޓްރީން ދިނެވެ. އޭރު އެ ފުރުސަތު ދިނީ ހިޔާވަހި ޕޯޓަލް މެދުވެރިކޮށް އެޕޮއިންޓްމަންޓަށް އެދެން ޖެހޭ ގޮތަށެވެ.
އަދި ބިމާއި ލިޔުން ދޫކުރަމުން އައީ ގުޅިފަޅަށް ގޮސް ބިން ވެރިފަރާތަށް ދެއްކުމަށް ފަހު ބިން އޮތް ސަރަހައްދުގަ ތިބެގެންނެވެ.
އެކަމަކު އިއްޔެ އިން ފެށިގެން ވަނީ ހިޔާވަހި ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ލިޔުން ދޫކުރަން ފަށައިފަ އެވެ.
މިހާތަނަށް 3548 ގޯތީގެ ތެރެއިން 3043 ގޯޗަށް ރަޖިސްޓްރީ އަދި އެއްބަސްވުން ހަވާލުކޮށްފައިވާއިރު، މިހާތަނަށް 1793 ގޯތީގެ ބިން ހަވާލުކުރިކަމުގެ ލިޔުން ހަވާލުކޮށްފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ. ނަމަވެސް އެކި ސަބަބުތަކާ ހުރެ މިހާތަނަށް 1755 މީހަކަށް ލިޔުން ހަވާލުނުކޮށް އެބައޮތްކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ.
ސަރުކާރުން ނިންމާފައި ވަނީ ގުޅިފަޅުން 2,438 ގޯތި ދޭށެވެ. އޭގެ ތެރޭގައި، ގިރާވަރު ފަޅުން ގުޅިފަޅަށް ބަދަލުކުރި 1,347 ގޯތި ވެސް ހިމެނެ އެވެ. އެ ސްކީމްގެ ދަށުން ހުޅުމާލެ އާއި ގުޅިފަޅު އަދި ގިރާވަރު ފަޅުން 9،031 ގޯތި މާލޭ މީހުންނަށް ދޭން ނިންމާފައިވެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;