މި ރެމެޑީތަކަކީ ހަންގަނޑަށް ފައިދާހުރި، ތައްޔާރުކުރަން ފަސޭހަ އަދި ބަޖެޓް ފްރެންޑްލީ ގޮތްތަކެކެވެ.
ގޭގައި ތައްޔާރުކޮށްލެވޭނެ ހާއްސަ 3 މާސްކެއްގެ ތެރޭގައި، ހަންގަނޑު ފްރެޝްކޮށް ހައިޑްރޭޓް ކޮށްދޭ ކިތަންމެ ކުޑަ ވަގުތުކޮޅަކުން ހެދޭ ކިއުކަމްބާ (ކީރި) މާސްކާއި، ހަންގަނޑު އަލިކޮށްދޭ ބްލެންޑްކުރި ހަނޑުލާއި މާމުއި އެއްކޮށްގެން ހަދާ ރައިސް މާސްކު ހިމެނެ އެވެ. މީގެ އިތުރުން ހަންގަނޑުގެ ބެކްޓީރިއާ ނައްތާލައި އެކްސްފޯލިއޭޓް ކުރުމަށް ޔޯގަޓާއި، އަލްމަންޑް ޕައުޑަރު އަދި އެލޯވެރާ ޖެލް އެއްކޮށްގެން ހަދާ މާސްކު ހިމެނެ އެވެ. މި މާސްކުތައް މޫނުގައި 10 އަކާއި 15 މިނެޓާ ދެމެދުގެ ވަގުތަކަށް ބެހެއްޓުން ފުދެ އެވެ.
ޓޯނާގެ ގޮތުގައި ބޭނުންކުރުމަށް ހަނޑޫ ދޮވުމަށްފަހު 30 މިނެޓު ވަންދެން ފެނު ތެރޭގައި ބަހައްޓައިގެން ތައްޔާރުކުރާ ރައިސް ޓޯނާ އަކީ މޫނު ދޮވުމަށާއި ޓޯނާ ކުރަން އެންމެ އެކަށީގެންވާ އެކެކެވެ. އަދި ބިހިނަގާ، ބަލިކަށި ހަންގަނޑުތަކަށް ހާއްސަކޮށް ފެހި ސައި (ގްރީން ޓީ) ކެއްކުމަށްފަހު ހިނިތުންކޮށް، އެލޯވެރާ ޖެލްއާ އެއްކޮށްގެން ފްރިޖުގައި 5 ދުވަހު ބަހައްޓައިގެން ބޭނުންކުރެވޭނެ ގްރީން ޓީ ޓޯނާވެސް ހިމެނެ އެވެ.
މިފަދަ އަމިއްލަ ރެމެޑީތައް ބޭނުންކުރުމުގެ ކުރިން، އަތުގެ ބޭރުފުށުގައި 1 ނުވަތަ 2 ގަޑިއިރު ވަންދެން "ޕެޗް ޓެސްޓް" އެއް ހަދައި އެލާޖިކް ނުވާކަން ޔަގީންކުރުމަށް މާހިރުން ލަފާދެ އެވެ. އަދި މާސްކުތައް ހަފްތާއަކު 1 ނުވަތަ 2 ފަހަރަށްވުރެ ގިނައިން ބޭނުންނުކުރުމަށާއި، އަބަދުވެސް ބޭނުންކުރާ ވަގުތު އާ ފްރެޝް ބެޗެއް ތައްޔާރުކުރުމަށް ސަމާލުކަން ދޭންޖެހެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;