އަލަށް ކައިވެނިކުރާ މީހުންގެ ކައިވެނީގެ ހަފުލާ ބާއްވަން ހިލޭ ޖާގަ ހަމަޖައްސައިދިނުމަކީ މޭޔަރު އާދަމް އާޒިމާއި ބައެއް ކައުންސިލަރުން މިދޔަ ކައުންސިލް އިންތިހާބުގައި ކެމްޕެއިން ވައުދެކެވެ. އެހެންކަމުން އަލަތު ކައިވެނި ވާލީމާ ބާއްވަން ހިލޭ ޖާގަދޭން ކައުންސިލުން ފާސްކުރީ އިއްޔެއެވެ.
މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ ވަލީމާ ބާއްވަން ތަންތަން ހިލޭ ހަމަޖައްސަދޭއިރު އެންމެ ބޮޑަށް އިސްކަންދޭނީ ކައިވެނި ކުރުމަށް ތަންތަން ހޯދުމުގައި ދަތިވާ އަދި އެފަދަ އެއްވެސް ތަނަވަސްކަމެއް ނެތް ފަރާތްތަކަށް ކަމަށެވެ. އެގޮތުން މިހާރުވެސް އެފަދަ ތަނަވަސްކަމެއް ނެތް އެތައް ބަޔަކު ކައިވެނި ނުކުރެވިފައި އެބަތިބިކަން މޭޔަރު އާޒިމް ފާހަގަކުރެއްވިއެވެ.
އަލަތު ކައިވެނިކުރާ ފަރާތްތަކަށް ހިލޭ ތަން ހަމަޖައްސާދޭން ކައުންސިލުން ނިންމިއިރު، ކައުންސިލްގެ އާމްދަނީގެ ބޮޑު ބައެއް ހިއްސާކުރަނީ އެކި ހަފްލާތަކަށް ލޮނުޒިޔާރަތްކޮޅު ޕާކު ދޫކޮށްގެންނެވެ.
އަލަށް ކައިވެނިކުރާ މީހުންގެ ވަލީމާ ބޭއްވުމަށް މާލެއިން ހިލޭ ޖާގަ ހަމަޖައްސައިދިނުމަށް މާލޭ ސިޓީ ކައުންސިލުން ނިންމި ނަމަވެސް ހަމަޖައްސާދެނީ ކޮންތަނެއްކަމެއް ކައުންސިލުން ނުބުނެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;