ads
ރާނީ މުކަރްޖީ
ރާނީ މުކަރްޖީއަށް އޮނަރަރީ ޑޮކްޓަރޭޓް ލަގަބު އަރުވަނީ
ބޮލީވުޑްގެ މަޝްހޫރު ބަތަލާ ރާނީ މުކަރްޖީގެ ފިލްމީ ޚިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން އޭނާއަށް ޝަރަފުވެރި "އޮނަރަރީ ޑޮކްޓަރ އޮފް ލެޓާސް" ގެ ލަގަބު އެރުވުމަށް ނިންމައިފި އެވެ.
Advertisement

މި ޝަރަފުވެރި ލަގަބު ރާނީއަށް އެރުވުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ އޮގަސްޓް މަހުގެ 14 ވަނަ ދުވަހު އޮސްޓްރޭލިއާގައި ބާއްވާ އިންޑިއަން ފިލްމު ފެސްޓިވަލް އޮފް މެލްބަން (އައިއެފްއެފްއެމް) ގެ ތެރެއިންނެވެ.

މި ބޮޑު ޝަރަފަކީ ބޮލީވުޑްގެ ސިނާމާއަށާއި، އިންޑިއާގެ ފިލްމީ ދާއިރާ ބައިނަލްއަގުވާމީ ފެންވަރުގައި ކުރިއެރުވުމަށް ރާނީ ކޮށްދީފައިވާ ބުރަ މަސައްކަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ދެވޭ ޝަރަފެކެވެ. ރާނީއަކީ އޭނާގެ ދިގު ފިލްމީ ކެރިއަރުގައި ތަފާތު އަދި ކާމިޔާބު ގިނަ ރޯލުތަކެއް ކުޅެ، ދުނިޔޭގެ އެކި ކޮޅުތަކުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ބަތަލާއެކެވެ.

މެލްބަން ފިލްމު ފެސްޓިވަލުގައި ރާނީއަށް މި ލަގަބު އަރުވާއިރު، މިއީ ބޮލީވުޑްގެ ފަންނާނަކަށް ބައިނަލްއަގުވާމީ މައިދާނެއްގައި ލިބިގެންދާ ފާހަގަކޮށްލެވޭ ބޮޑު ޝަރަފެކެވެ. މި ޚަބަރާއެކު ބޮލީވުޑްގެ ފިލްމީ ދާއިރާގެ ގިނަ ބަޔަކާއި ރާނީގެ ސަޕޯޓަރުން ދަނީ ސޯޝަލް މީޑިއާގައި އޭނާއަށް ވަރަށް ބޮޑަށް މަރުހަބާ ކިޔަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;