ކޯޓުން އޭނާއާ ދެކޮޅަށް މި ހުކުމް އިއްވީ ޝޯގެ ކޮންޓެންޓާ ގުޅިގެން ހުށަހެޅުނު ޝަކުވާތަކަކަށް ބެލުމަށްފަހު އެވެ.
މި މައްސަލައަކީ ސަމޭ ރައިނާގެ ކޮމެޑީ ކެރިއަރުގައާއި އޭނާގެ މިހާރު އެންމެ މަގުބޫލު ޝޯއަށް ކުރިމަތިވި ބޮޑު ލޮޅުމެކެވެ. ޝޯގެ ކޮންޓްރޮވާސީ މައްސަލަ ކޯޓަށް ހުށަހެޅުމުން ސަމޭގެ ފަރާތުން ދިފާއުގައި ވާހަކަދެއްކި ނަމަވެސް، ސުޕްރީމް ކޯޓުން ނިންމީ އޭނާގެ ޝޯގެ ސަބަބުން ގާނޫނީ ގޮތުން ފިޔަވަޅު އަޅަންޖެހޭ ކަންތައްތަކެއް ހުރި ކަމަށެވެ.
ސަމޭ ރައިނާ ޖޫރިމަނާކުރި ޚަބަރާއެކު ސޯޝަލް މީޑިއާގައި އޭނާގެ ސަޕޯޓަރުންނާއި އާންމުންގެ މެދުގައި ބޮޑު ބަހުސެއް ވަނީ އުފެދިފައެވެ. ބައެއް ފަރާތްތަކުން ކޯޓުގެ ނިންމުމަށް ތާއީދުކުރަމުންދާއިރު، އަނެއް ބަޔަކު ދަނީ މިއީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް އެޅުނު ހުރަހެއްގެ ގޮތުގައި ސިފަކުރަމުންނެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;