އެމްއެމްއޭއިން ބުނީ މި ސާވޭ މިމަހުގެ 25 އިން 31 އަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ކުރިޔަށްދާނެކަމަށެވެ. މި ސާވޭ ކުރިޔަށްދާނީ ދިވެހިން ދަތުރު ނިންމާފައި ނުކުންނަ ވަގުތުތަކާއި ދިމާކޮށް އެރައިވަލް ޓާމިނަލުގައިކަމަށް އެމްއެމްއޭއިން ބުނެ އެވެ.
މި ސާވޭގައި ކުރެވޭ ސުވާލުތަކުގެ ތެރޭގައި ރާއްޖެއިން ބޭރަށް ދިޔަ ސަބަބާއި ދަތުރުކުރި ގައުމާއި އެ ދަތުރަށް ޓިކެޓަށް ހޭދަކުރި ވަރާއި ބޭރުގައި ހުރުމާއި ކެއުމަށް ހަރަދުކުރި ވަރުގެ އިތުރުން ދަތުރުގައި ދެން ކުރި އެހެން ހަރަދުތައްވެސް ހިމެނެ އެވެ.
މި ސާވޭ އަކީ ރާއްޖޭގެ ބެލެންސް އޮފް ޕޭމަންޓްސްއާ ގުޅޭ ތަފާސްހިސާބުތައް ތައްޔާރުކުރުމަށް ބޭނުންވާ މަޢުލޫމާތު ހޯދުމުގެ ގޮތުން، ރާއްޖެއިން ބޭރަށް ދަތުރުކޮށްފައި އަނބުރާ އަންނަ ދިވެހީންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ސާވޭއެއްކަށް ެއެމްއެމްއޭއިން ބުނެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;