ads
"ނާޗް ލޭ ލަލަރިޔާ"
ރާގަވްގެ އާ ފިލްމުގެ ފުރަތަމަ ލަވަ "ނާޗް ލޭ ލަލަރިޔާ" ރިލީޒްކޮށްފި
މަޝްހޫރު އެކްޓަރު އަދި ކޮރިއޮގްރާފަރު ރާގަވް ޖުޔަލްގެ އާ ފިލްމު "ބާއީ ތޭރާ ސްޓާރް ހޭ" ގެ ފުރަތަމަ ލަވަ "ނާޗް ލޭ ލަލަރިޔާ" ރަސްމީކޮށް ރިލީޒްކޮށްފި އެވެ.
Advertisement

ނެށުމުގެ ތަފާތު ހުނަރުތަކުން އާންމުންގެ ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ރާގަވްގެ މި އާ ފިލްމުގެ ފުރަތަމަ ލަވަޔާއެކު، ފިލްމަށް ކުރެވޭ އިންތިޒާރު މިހާރު ވަނީ އިތުރުވެފަ އެވެ.

މި ލަވައިގެ އެންމެ ހާއްސަ އެއް ކަމަކީ އިނގިރޭސިވިލާތުގެ ލަންޑަންގެ މަގުތަކުގައި ރާގަވް ނަށާ މަންޒަރުތައް ފެނިގެންދިއުމެވެ. ލަންޑަންގެ ރީތި ލޮކޭޝަންތަކުގައި އޭނާ ގެނެސްދީފައިވާ ފޯރިގަދަ އަދި ތަފާތު ނެށުންތަކުގެ ސަބަބުން މި ލަވައިގެ ވީޑިއޯއަށް ސޯޝަލް މީޑިއާގައި ދަނީ ވަރަށް ބޮޑު ސަމާލުކަމެއް ލިބެމުންނެވެ.

"ނާޗް ލޭ ލަލަރިޔާ" ރިލީޒްވުމާއެކު ރާގަވްގެ ސަޕޯޓަރުން ދަނީ އޭނާގެ ހަކަތައަށާއި ނެށުމުގެ ސްޓައިލަށް ވަރަށް ބޮޑަށް ތައުރީފު ކުރަމުންނެވެ. މި ލަވައަކީ ކުރިއަށް އޮތް ދުވަސްތަކުގައި ޗާޓުތަކުގެ ކުރިން ޖާގަ ހޯދާނެ ފޯރިގަދަ ލަވައެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ސިފަކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;