މި ހަމަލާގައި ހެކަރުން މަސައްކަތްކޮށްފައިވަނީ އެ ތަނުގައި ރައްކާކޮށްފައި ހުރި ލޭގެ ޕްލާޒްމާގެ ފިނިހޫނުމިން ނުރައްކާތެރި މިންވަރަކަށް މަތިކުރުމަށެވެ.
މި ފަންނީ ގޮތުން ކުރިއަރާފައިވާ ސައިބަރ ހަމަލާގައި، މައިނަސް 30 ޑިގްރީ ސެލްސިއަސްގައި ރައްކާކޮށްފައި ހުރި ލޭގެ ޕްލާޒްމާގެ ފިނިހޫނުމިން 110 ޑިގްރީ ސެލްސިއަސްއަށް މަތިކުރުމަށް ހެކަރުން ވަނީ މަސައްކަތްކޮށްފަ އެވެ. ނަމަވެސް، ސިސްޓަމްގައި ހަރުކޮށްފައިވާ އޮޓޮމޭޓެޑް އަލާރމްތައް މަސައްކަތްކޮށް، އެތަނުގެ މުވައްޒަފުންނަށް ވަނީ ވަގުތުން އިންޒާރު ދީފަ އެވެ.
އަލާރމްގެ ސަބަބުން މުވައްޒަފުންނަށް ވަގުތުން މައުލޫމާތު ލިބުމާ ގުޅިގެން، އެއްވެސް ގެއްލުމެއް ލިބުމުގެ ކުރިން، ހަދިޔާކޮށްފައިވާ ހުރިހާ ލޭގެ އުފެއްދުންތައް ވަނީ ރައްކާތެރިކަމާއެކު އެހެން ތަނަކަށް ބަދަލުކޮށްފަ އެވެ. މުވައްޒަފުންގެ އަވަސް އަމަލުތަކުގެ ސަބަބުން، ހަދިޔާކޮށްފައިވާ ލޭގެ އެއްވެސް އެއްޗަކަށް ގެއްލުމެއް ނުލިބި ވަނީ ސަލާމަތްކުރެވިފަ އެވެ.