ads
13 ރަށެއްގައި 2،100 ހައުސިން ޔުނިޓް ތަރައްގީކުރަން ހުޅުވާލައިފި
ރާއްޖޭގެ 13 ރަށެއްގައި 2،100 އެފޯޑަބަލް ހައުސިން ޔުނިޓް ތަރައްގީކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހައުސިން މިނިސްޓްރީން ހުޅުވާލައިފިއެވެ.
Advertisement

ހައުސިން މިނިސްޓްރީން ބުނީ މި މަޝްރޫއުއަކީ ޕަބްލިކް ޕްރައިވެޓް ޕާޓްނަޝިޕް މޮޑެލްގެ ދަށުން އަތްފޯރާ ފަށުގައި ގެދޮރު ފޯރުކޮށްދީ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށް ހިންގާ މަޝްރޫއެއްކަމަށެވެ. އަދި މި މަޝްރޫއަށް ބިން ހަވާލުކުރާތާ ދެ އަހަރުގެ ތެރޭގައި މަސައްކަތް ނިންމައި ހަވާލުކުރަންޖެހޭނެކަމަށްވެސް ހައުސިން މިނިސްޓްރީން ބުނެއެވެ. 

މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކަކީ ސައްތައިން ސައްތަ ދިވެހި ހިއްސާ އޮންނަ، ރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ޖަމިއްޔާތަކަށް، ކުންފުނިތަކަށް ނުވަތަ ކޮންސޯޓިއަމްތަކަށް ވާން ޖެހޭނެކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ. 

ހައުސިން ޔުނިޓްތައް އަޅާ ރަށްތައް

  • ހއ. ހޯރަފުށި
  • ރ. އުނގޫފާރު
  • ބ. ތުޅާދޫ
  • ޅ. ނައިފަރު
  • މ. މުލި
  • ދ. މީދޫ
  • ލ. ގަން
  • ތިނަދޫ ސިޓީ
  • ފުވައްމުލަށް ސިޓީ
  • އައްޑޫ ސިޓީ  / ހިތަދޫ
  • އައްޑޫ ސިޓީ  / ފޭދޫ
  • އައްޑޫ ސިޓީ  / މަރަދޫ-ފޭދޫ
  • އައްޑޫ ސިޓީ  / މަރަދޫ

މި މަޝްރޫއުގެ ދަށުން ތަރައްގީކުރާނީ ތިން ކޮޓަރީގެ އެޕާޓްމެންޓުތަކެވެ. ފުރަތަމަ ފްލޯ އާއި ގްރައުންޑް ފްލޯ ބޭނުންކުރަނީ ވިޔަފާރިތަކަށާއި ޕާކިންނަށެވެ. 

މި މަޝްރޫއަށް ޓެކްނިކަލް އަދި ފައިނޭންޝަލް ޕްރޮޕޯސަލް ހިމެނޭ ގޮތަށް، ފުރިހަމަ ޕްރޮޕޯސަލްތައް ހުށަހެޅުމުގެ އެންމެ ފަހު ވަގުތަކީ 17 އޮގަސްޓް 2026 ވާ ހޯމަ ދުވަހުގެ މެންދުރު 13:00 ކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;