"ދަ ޕަލްސް" ޕޮޑްކާސްޓް ސިލްސިލާގެ 4 ވަނަ އެޕިސޯޑުގައި ރައީސް ވަނީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި ކުރިއަށްގެންދާ މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫއުއަށް އަލި އަޅުވާލައްވާފައިވެ އެވެ. މި މަޝްރޫޢުގެ ދަށުން ހަދަނީ މާލެއާއި ވިލިމާލޭގެ މަގުތަކެވެ.
ރައީސް ވަނީ މާލޭގެ މަގުތައް އެއްކޮށް ތަރައްގީކުރުމުގެ މިފަދަ ބިޔަ މަޝްރޫއެއް މީގެ ކުރިން ކުރިއަށްގެންގޮސްފައި ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ދައުރުގައި ކަމަށާއި، އެއަށް ފަހު، އެ މަގުތައް ބަލަހައްޓަންޖެހޭ ގޮތަށް ބެލެހެއްޓުމުގައި އިހުމާލުވެފައިވާކަން ފާހަގަކުރައްވާފަ އެވެ.
އަދި ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ މާލޭ މަގުތައް ޒަމާނީކޮށް ތަރައްގީކުރުމުގެ މަޝްރޫގެ ދަށުން މަސައްކަތް ފުރިހަމަވެގެންދާއިރު، ފެން ހިންދުމުގެ މައްސަލަ ހައްލުކުރުމަށް ސްޓޯމްވޯޓާ ޑްރައިނޭޖް ނިޒާމާއި، އިމާރާތްކުރުމަށް ބޭނުންކުރާ ޑީވޯޓަރިން ނިޒާމާއި، އަލިފާން ނިއްވަން ބޭނުންކުރާ ފަޔާ ހައިޑްރަންޓް ނިޒާމުވެސް މަގުތަކާ އެކުލަވާލެވިގެންދާނޭކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.
މަގު ހެދުމުގެ މަޝްރޫއު އަދި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް މާލޭ ސަރަހައްދަށް އަމާޒުކޮށްގެން މިހާރު ވެސް ކުރިއަށްގެންދަނީ ރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް 40 ޕަސެންޓު ދިރިއުޅޭ މި ސަރަހައްދަށް މި ވަގުތަށް ބޭނުންވާ ހައްލުތައް ފޯރުކޮށްދިނުމަށް ކަމުގައި އެ މަނިކުފާނު ވިދާޅުވި އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;