ކުމުންދޫ ކައުންސިލުން ބުނީ ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި އެ ކައުންސިލާއި ރަށުގެ މުއައްސަސާތަކާއި ކުލަބު ޖަމުއިއްޔާތައް ގުޅިގެން ބާއްވާ ހަރަކާތްތަކުގައި، ގެތަކާއި މުއައްސަސާތައް / ކުލަބު ޖަމުއިއްޔާތައް ދިއްލައި ޒީނަތްތެރިކުރުމުގެ މުބާރާތެއް ބޭއްވުމަށް ނިންމާފައިވާކަމަށެވެ. އަދި މި މުބާރާތުގައި ބައިވެރިވާ ފަރާތްތަކުން ޖުލައި 28،27،26މި ތިން ދުވަހު އެ ތަނެއް ދިއްލައި ޒީނަތްތެރިކޮށް ބަހައްޓަންވާނެކަމަށް ކުމުންދޫ ކައުންސިލުން ބުނެއެވެ.
މި މުބާރާތުގައި 2 ކެޓަގަރީ އެއް ހިމެނޭކަމަށައި އެއީ ގޭ ބިސީތަކަށް ވަކި ކެޓަގަރީއަކާއި ހދ.ކުމުންދޫގެ މުއައްސަސާތަކާއި ކުލަބު ޖަމުއިއްޔާތަކަށް ވަކި ކެޓަގަރީއެކެވެ. ކޮންމެ ކެޓަގަރީއަކުން 1 ވަނަ، 2 ވަނަ އަދި 3 ވަނަ ހޮވާ 1 ވަނަ ފަރާތަކަށް -/1500ރ، 2 ވަނަ ފަރާތަކަށް -/1000ރ އަދި 3 ވަނަ ފަރާތަކަށް -/500ރ ދިނުމަށް ނިންމާދައިވާކަމަށްވެސް ކުމުންދޫ ކައުންސިލުން ބުނެއެވެ.
މި މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑިއަކީ މިމަހު 22 ވަނަ ދުވަހުގެ މެންދުރު 12.00ކަމަށް ކައުންސިލުން ބުނެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;