ރިޕޯޓްތައް ބުނާ ގޮތުން މިއީ، ހުޅުމާލޭގައި ހުންނަ އެންސިސް ކުންފުނީގެ ބިމެއްގައި މަސްތުވާތަކެތި ގެންގުޅެ އެ ތަކެތިން ވިޔަފާރިކުރި މީހުންގެ ޝަރީއަތަށް ދައުވާ ލިބޭ މީހަކު ކޯޓަށް ހާޒިރު ނުކުރެވިގެން އުޅޭ މައްސަލައެވެ.
ރާއްޖެ އަށް ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތި އެތެރެކޮށް، ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ޖޫން 2020 ގައި ހުޅުމާލެ އިން ހައްޔަރުކޮށް، ދައުވާ އުފުލާފައިވަނީ ގދ. ވާދޫ، އަސްރަފީގެ، މުހައްމަދު ޝަރީފް އަދި ގއ. ކޮލަމާފުށި، ކަރަންކާވިލާގެ އަފްސަލް ރަޝީދުގެ މައްޗަށެވެ.
މި މައްސަލައިގެ ހުކުމް އިއްވުމަށް ތިން މަހެއްހާ ދުވަސްކުރިން ފެށިގެން ހައެއްކަ ފަހަރު ތާވަލު ކުރިނަމަވެސް ދައުވާ ލިބޭ މުހައްމަދު ޝަރީފް ކޯޓަށް ހާޒިރު ނުވާކަމަށް ރިޕޯޓްތައް ބުނެއެވެ.
އޭނާ ބަންދުކޮށްގެން ކޯޓަށް ހާޒިރު ކުރަން ފުލުހުންގެ މައްޗަށްވެސް އަމުރުކޮށްފައިވެއެވެ. އެހެންނަމަވެސް އޭނާ އަދިވެސް ހާޒިރު ނުކުރެވޭ ކަމަށް ވެއެވެ. ކްރިމިނަލް ކޯޓުން ބުނި ގޮތުގައި ކެނަބިސް ޓްރެފިކް ކުރުމުގެ ދައުވާ ލިބޭ ޝަރީފް ކޯޓަށް ހާޒިރު ނުކުރެވޭތީ މައްސަލައިގެ ހުކުމް އިއްވުމުގެ މަޖިލިސް ހިންގުމަށް ވަނީ ހުރަސްއެޅިފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;