އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހީންނަށް އިސްލާމްދީނުގެ ހިޔާދަތު މިންވަރު ކުރެއްވިތާ 900 އަހަރު ފުރުން ފާހަގަކުރައްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
ރައީސްގެ ޕޯސްޓް ފައްޓަވާފައިވަނީ މާތްﷲގެ ހަޟްރަތަށް ހަމްދާއި ޝުކުރު ދަންނަވަމުންނެވެ. ރައީސްގެ ޕޯސްޓްގައި އިސްލާމްދީނުގެ އަލިގަދަ ނޫރުން ދިވެހީންގެ ހިތްތަކަށް އުޖާލާކަން ލިބުނުތާ 900 އަހަރު ވެފައިވާއިރު، ދަރިފަސްކޮޅަކަށް ފަހު ދަރިފަސްކޮޅެއް ދިވެހީން މި ވޭތުކުރީ ދިވެހި ގައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބަކީ އިސްލާމްދީން ކަމުގައި ގަބޫލުކޮށްގެން ކަމުގައި ވިދާޅުވި އެވެ.
އެމަނިކުފާނުގެ ޕޯސްޓު ނިންމަވާލެއްވީ، މުސްލިމުންގެ ގޮތުގައި ދިވެހީން އަބަދަށް ލަހައްޓަވާ، އިސްލާމްދީނުގެ ސަބަބުން މި ވަޠަނަށް އަބަދުމެ ރައްކާތެރިކަމާއި މަތިވެރިކަން އިތުރުކޮށްދެއްވުން އެދި ދުއާދަންނަވަމުންނެވެ.
ރާއްޖެ އިސްލާމްވީ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ރަބިއުލްއާޚިރާ މަހުގެ 2 ވަނަ ދުވަހެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;